ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީ ސިއްހީ ދާއިރާގެ މީހުންގެ އެހީތެރިކަން ބޭނުންވާ ވަގުތު: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ވަގުތަކީ ރާއްޖޭގައި ތިބި ސިއްހީ ދާއިރާގެ މީހުންގެ އެހީތެރިކަން ގައުމަށް އެންމެ ބޭނުންވާ ވަގުތު ކަމަށާއި އެފަދަ ފަރާތްތައް ގޭގައި ނުތިއްބަވާ ޚިދުމަތަށް ނިކުތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19 ޓެސްޓު ކިޓްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރު ވިދާޅުވީ އެކި އެކި ސަބަބުތަކާއި ހެދި ވަޒީފާ އަދާ ނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ހިދުމަތަށް ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދޭން ހިދުމަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

”މިވަގުތަކީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ފަންނީ ބޭފުޅުންނާއި ސިއްހީ ހިދުމަތްތެރިން އަޅުގަނޑުމެންނަށް އެހީވާންވީ ވަގުތު. ގޭގައި ނުތިއްބަވާ ހިދުމަތަށް ނިކުންނަވާ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހެލްތު ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން މި ވަގުތު ޗުއްޓީގައި ތިއްބެވި ބޭބޭފުޅުން ވެސް މަސައްކަތަށް ނުކުމެ ގައުމީ މި ހިދުމަތުގަ ބައިވެރިވާން،“ އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޕަބްލިލް ހެލްތުގެ މަސައްކަތް ކުރިން ކުރެއްވުމަށް ފަހު މިހާރު އެ މަސައްކަތުގައި ނޫޅުއްވާ ބޭފުޅުން ވެސް މަސައްކަތަށް ނުކުންނެވުމަށް ގޮވައިލައްވާ ކަމަށެވެ. އަދި އެގޮތަށް ނުކުންނެވޭ ހާލަތުގައި ތިއްބެވި ބޭފުޅުންގެ ނަންނޯޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

ހެލްތު ޕްރޮފެޝަނަލުންނަކީ ކޮބައިތޯ ބެލުމަކީ ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށާއި  ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އާއްމު ސިއްހަތުގެ ކުއްލި ހާލަތުން އަރައިގަނެވޭނީ ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިއަދު ވަނީ 13 އަށް އަރައިފަ އެވެ. ރާއްޖޭގައި އެބަލި ޖެހުނު މީހުންގެ ތެރެއިން ހާލުބޮޑުވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ.

އަމީން ވިދާޅުވީ، އެކިއެކި ކުޅިވަރުގެ މުބާރާތްތަކާއި، ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް މިވަގުތަށް ހުއްޓާލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ހުމުގެ އަލާމާތްތަކާއި، ޑޮކްޓަރުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ތަންތަނަށް ދިއުމާއި އެއްވެ އުޅުމުގެ ހަރަކާތްތައް ނުބާއްވާ، ކަމާއި ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ތަބާވުމަށް އަމީން ވަނީ އެދިވަޑައިގެންފައެވެ.

”މިވަގުތަކީ އަޅުގަނޑުމެން ކޮންމެހެން އެއްވާން ޖެހޭތަންތަނަށް ނޫން ތަނަކަށް އެއްވާންވީ ވަގުތެއް ނޫން. މިވަގުތަކީ އަޅުގަނޑުމެން ޕާޓީތައްވެސް ބާއްވަން ވީ ވަގުތެއްވެސް ނޫން، ކައިވެނި ހަފްލާތައް ވެސް ވިޔަސްއެ ނޫން ހަފްލާތައްވިޔަސް މިވަގުތު މަދުކޮށް ހުއްޓާލަންވީ ހާލަތުގައި ކަމާއި ބެހޭ ފަރާތްތަކުން އަންގާ ގޮތަކަށް އަަމަލު ކުރުން އެދެން“ އަމީން ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަން ބޭނުން ކުރާ 5000 ކިޓް ވޯލްޑް ޑަބްލިއުއެޗްއޯއިން މިއަދު ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އަދި މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 1000 ކިޓް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 5،000 ސްކްރީނިން ކިޓާއި، އަދި 1،000 ކިޓަކީ ސީދާ ކޮވިޑް19 ހުރިތޯ ބަލަން ޓެސްޓު ކުރާ ކިޓުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: