ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކުން ބަލިވީމާ ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުން: ފައްޔާޒު

އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބަކުން ބަލިވުމާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުން އިދިކޮޅަށް ތާއީދުކުރާ މުވައްޒަފުން ވަކިކޮށް، ބަދަލުހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)އަށް ކެމްޕެއިންކުރި ސަރުކާރު ކުންފުނިތަކުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ”ޑިމޮކްރެސީ ގަބޫލުނުކުރާ“ މުއިއްޒުގެ ސަރުކާރުން ސޯބެގެ ކެމްޕެއިނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

މީގެ އިތުރުން، ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ އަޑުއުފުލި އެ ކުންފުނީގެ ދެ މުވައްޒަފަކު ވެސް ސަރުކާރުން އަންގައިގެން ވަޒީފާއިން ވަކިކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއް ގޮތުގައި ބޭނުންކޮށް، އާއިލާތަކެއް ނިކަމެތިކޮށްގެން ތާއީދު އިތުރުވާނެކަމަށް ދެކިގެންނުވާނެ ކަމަށެވެ.

”އިންތިހާބުތަކުން ބަލިވީމާ ބަދަލުހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުން“

ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި މި ސަރުކާރު ބަލިކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ފައްޔާޒު ވަނީ ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންގެ ލިޔުންތައް ވެސް އާންމުކުރައްވާފައެވެ. އޭގެ ތެރޭގައި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ ހާލަތު ބަޔާންކުރާ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ހަވާލާދީއެވެ. އަދި ސްޓެލްކޯގެ މުވައްޒަފަކު ވަކިކޮށްފައިވަނީ ހަރަދުކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ޕީސީބީން ދީފައިވާ ލަފައާ ހަވާލާދީ ކަމަށް އެ ލިޔުންތަކުން އެނގެއެވެ.

މީގެ އިތުރުން، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު އެމްޑީޕީގެ ކެންޑިޑޭޓު ސޯބެއާއެކު ފޮޓޯއެއް ނެގުމާ ގުޅިގެން އެ މަގާމު އުވާލާފައިވާ ކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: