ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ދިޔަ ބައެއް ހައްޖާޖީން ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓްގައި / ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން ރޭ މާލެ އަތުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖުވެރިންގެ ފަހު ގްރޫޕު އިއްޔެ އައިސްފައިވާއިރު މިހާރު ހުރިހާ ހައްޖުވެރިން އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި އަހަރަކީ ހައްޖުގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު އަހަރެއް ކަމަށް ވިދާޅުވިއެވެ.

ހައްޖުވެރިން އެނބުރި ރާއްޖެ އައީ ހަތަރު ދުވަހަކަށް ބަހާލައިގެން މޯލްޑިވިއަން އަދި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ. ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ހޮނިހިރު ދުވަހު ރާއްޖެ އައި އިރު، ފަހު ގްރޫޕު އައީ އިއްޔެއެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް ސައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 1,019 މީހުން ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވެފައިވެއެވެ.

ހައްޖުވެރިން އެނބުރި އައުމާ ގުޅިގެން، އެ ފަރާތްތަކުގެ ދަތުރުފަތުރުގެ ކަންކަން ވީހާވެސް އޮމާންކޮށް އަދި ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެމްޓީސީސީ ގުޅިގެން ހާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖެއްސިއެވެ.

އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހައްޖުވެރިންނަށް ހާއްސަ ހެލްޕް ޑެސްކެއް ބެހެއްޓިއެވެ. އަދި އެއާޕޯޓުން މާލެއާއި ހުޅުމާލެއަށް ދަތުރުކުރާ ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިންގެ އެހީގައި ހާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖެއްސިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: