ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް އާއި ގުޅިގެން ފަރުވާ ދިނުމުގައި ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނަން: އޭޑީކޭ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން: އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮންލައިން ފްލޫ ކްލިނިކްއެއް ތައްޔާރުކުރުމާއިއެކު އެ ހިދުމަތުގެ ބޭނުން ގިނަ އަދަދެއްގެ ބަޔަކު ހިފަމުންދާ ކަމަށް އޭޑީކޭއިން ހާމަކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން އޮންލައިން ފުލޫ ކްލިނިކެއް ހުޅުވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް އެ ކްލިނިކް ހުޅުވިފައި ހުންނާނެ ކަމަށް އޭޑީކޭއިން މައުލޫމާތު ދެއެވެ. އަދި އެޕޮއިންޓްމަންޓު ހެދުމަށް އޭޑީކޭގެ ނަންބަރަށް ގުޅުމުން ހެއްދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ޑިޖިޓަލް މެމޯއެއް ފޯނަށް ލިބޭނެ ކަމަށާއި އާސްކް އޭޑީކޭ (ވައިބާ، ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖާ) މެދުވެރިކޮށް ކިއު ތަރުތީބު ބެލޭނެ ކަމަށެވެ. ހަމައެހެންމެ ކިއު ތަރުތީބުން އޮންލައިން ކްލިނިކްގެ ޑޮކްޓަރު ގުޅާނެ ކަމަށާއި ބަލިމީހާގެ މައުލޫމާތު ހިއްސާ ކުރުމަށް ފަހު ކޮންސަލްޓޭޝަން ކުރިޔަށް ގެންދާނެ ކަމަށް ވެސް އޭޑީކޭ އިން ބުނެއެވެ. ޑޮކްޓަރަކާ ބައްދަލުވެ ދެއްކުމާއި އޮންލައިންކޮށް ދެއްކުމުގައިވާ ތަފާތަކީ އެގޮތުން ބަލިމީހާ ތަފްސީލުކޮށް ބެލުމުގެ ފުރުސަތު އޮންލައިންކޮށް ނަމަ ވަރަށް ކުޑަ ވުމެވެ.

އޭޑީކޭއިން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއިން ރައްކާތެރިވެ ބަލި ފެތުރުން ކުޑަކުރުމަށް ގައުމީ ފެންވަރުގައި ކުރެމުންދާ މަސައްކަތް ފާހަގަ ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވި ގޮތަށް މި ހަސްހާސް ދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އޭޑީކޭ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

މި ވަގުތު ކުރިމަތިވެފައި މިވާ ހާލާއި އެކު ހޮސްޕިޓަލުގެ މުވައްޒަފުން މިހާރުވެސް އެކި ގޮތްގޮތުން ސިއްހީ އެހީތެރިކަން އާއްމުންނަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާކަން ފާހަގަކޮށް އޭޑީކޭއިން ބުނެފައިވަނީ ކޮރޯނާއަށް ހާއްސަކޮށް ކަނޑައަޅާފައިވާ ހޮޓްލައިން 1676 އިން ދޭ މައުލޫމާތުތަކުގެ އިތުރުން ”ރެޕިޑް ރެސްޕޮންސް“ ޓީމުތަކުގައި ބައިވެރިވުމަށް ފަންނީ މުވައްޒަފުން ހަމަޖައްސާ އެފަދަ ހާލަތަކަށް ތައްޔާރުވެފައިވާ ކަމާށެވެ.

އޭޑީކޭއިން ބުފައިވަނީ ބައިނަލްއަޤްވާމީ އަދި ޤައުމީ އިދާރާތްތަކުގެ ފަންނީ އިލްތިމާސްތަކުގެ ލަފާގެ މަތީން މި ދަނޑިވަޅުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑު (އެސްއޯޕީ) ތައް އެކުލަވާލާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަލީގެ އަލާމާތްތަކާއި އެކު މީހަކު ހޮސްޕިޓަލަށް އަތުވެއްޖެ ހާލަތެއްގައި އެފަދަ މީހުން އެކަހެރިކޮށް ބޭތިއްބޭނެ އިންތިޒާމުތައް ހަމަޖައްސާ އެފަދަ ފަރާތްތައް ގައުމީ ކަރަންޓީން މަރުކަޒުތަކަށް ގެންދިއުން ވިލަރެސްކުރާނެ ނިޒާމެއް ހަމަަޖައްސާފައިވާ ކަމަށެވެ.

 

https://twitter.com/ADKHospital/status/1239847300517814272

އޭޑީކޭއިން ބުނެފައިވަނީ އާއްމުން ހޭލުންތެރިކަން އިތުރުކުރުމަކީ މިފަދަ ރޯގާތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަށް ވުމާއި އެކު ދުރާލާ މިކަމަށް ވެސް ގިނަ މަސައްކަތްތަކެއްކޮށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ބޭނުންތެރި މައުލޫމާތުތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އަދި ސޯޝަލް ޑިސްޓަންސިންއަށް މަގުފަހި ކުރުމުގެ ގޮތުން ރޯގާގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލަށް ނައިސް އޮންލައިން ފްލޫ ކްލިނިކްއެއް ތައްޔާރުކުރުމާއިއެކު އެ ހިދުމަތުގެ ބޭނުން ގިނަ އަދަދެއްގެ ބަޔަކު ހިފަމުންދާ ކަމަށެވެ.

އޭޑޯކޭއިން ބުނެފައިވަނީ ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނާއި އުމުން ދުވަސްވީ މީހުންނަށް ހާއްސަ ”އޮންލައިން ސްޕެޝަލިސްޓް ޖީޕީ ކްލިނިކް“ އެއްވެސް ގާއިމްކޮށް ހިދުމަތް ދެމުން ގެންދާ ކަމަށެވެ.

އޭޑީކޭއިން ވަނީ ކޮރޯނާ ވައިރަސްއިން އަރައިގަނެ އާއްމުންނަށް ފަރުވާ ދިނުމުގައި ތައްޔާރަށް އޮތް ކަމަށެވެ.

ވައިރަސް އާ ގުޅިގެން ބިދޭސީން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ހުޅުވާފައި ވާއިރު މާލޭގައި ވަނީ ޓްރެވެލް ކްލިނިކެއްވެސް ހުޅުވާފައެވެ. މީގެ އިތުރުން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއްވެސް ހުޅުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: