ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީން ތަނަވަސްކަމަށް ތެދުވާނީ އެމްޑީޕީގެ ބުރަކަށީގައި ފައި އަޅާފައި: ރައީސް ނަޝީދު

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީން ތަނަވަސްކަމަށް ތެދުވާނީ އެމްޑީޕީގެ ބުރަކަށީގައި ފައި އަޅާފައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން ”ހެލޯ އަންނި“ ޝޯގައި ޗެއާޕާސަންގެ އިންތިހާބާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމާ އޮތީ ކޮން ގުޅުމެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ހަރުދަނާ އެއް މުއައްސަސާއަކީ އެމްޑީޕީ ކަމަށެވެ. އަދި ޝައްކެއް ނެތް ގޮތުގައި ދިވެހީންގެ ތަނަވަސްކަން އިތުރުކުރުމަށް އޮތް އެންމެ ބޮޑު ޕްލެޓްފޯމަކީ ވެސް ދިވެހި ރައްޔިތުންގެ ޕާޓީ އެމްޑީޕީ ކަމަށް އެމަނކުފާނު ވިދާޅުވިއެވެ.

”އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހިންގެ ތަނަވަސްކަން އިތުރުކުރުމަށް އޮތް އެންމެ ބޮޑު ޕްލެޓްފޯމަކީ އެމްޑީޕީ“ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ބޭނުމަކީވެސް ދިވެހިންނަށް ތަނަވަސްކަމާއި ތަރައްގީ ގެނެސްދިނުން ކަމަށެވެ. އަދި މިއީ ވަރަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ މެމްބަރުންނަށް ޕާޓީގައި ކުރަން ރާވާފައިވާ މަސައްކަތްތަކަކީ ކޮބައިކަން އެނގުން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް ދިވެހިރާއްޖެއަށް ބޭނުންވާ ބޮޑު ބަދަލެއް ގެނެސްދީފައިވަނީ އެމްޑީޕީންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދިވެހީން ތަނަވަސްކަމަށް ތެދުވާނީ އެމްޑީޕީގެ ބުރަކަށީގައި ފައި އަޅާފައި ކަމަށެވެ.

ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް އެމްޑީޕީ ވަރުގަދަ ވުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ސަލާމަތް ކުރެވޭނެ ހަމަ އެކަނި ޕާޓިއަކީވެސް އެމްޑީޕީ ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ބޮޑު ބަދަލުގެ ނަމުގައި ރައީސް ނަޝީދު ކުރިއަށް ގެންދަވާ ކެމްޕެއިން ދަތުރުފުޅު މިހާރު ނިންމަވާލައްވާ ފައިވާއިރު އެމަނިކުފާނުވަނީ ރާއްޖޭގެ 82 ރަށަށް ރަށަށް ވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: