ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރާމާތަށްފަހު ރަސްފަންނު މިއަދު ހުޅުވާލައިފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާމާތުކުރުމަށް ޓަކައި ބަންދުކޮށްފައި އޮތް މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ އާންމުންނަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އެހެންކަމުން، މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދު އާންމުންނަށް ހުޅުވާލާފައިވާކަމަށް ވަނީ ނިންމާފައެވެ.

މި މަރާމާތުގެ މަޝްރޫއުގެ ދަށުން މުހިންމު މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ އުތުރު ފަރާތުގެ ޑްރެއިނޭޖް ނިޒާމު ރަނގަޅުކުރުމަށް ޓަކައި އާ ފެންހިންދާ ނިޒާމެއް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މޫދު ފެން ދައުރުވުން ރަނގަޅުކުރުމަށް ޓަކައި، ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާއެވެ.

ރަސްފަންނަކީ ގިނަ އަދަދެއްގެ އާންމުން މޫދަށް އެރުމަށާއި ހިތްއުފާކޮށްލުމަށް ބޭނުންކުރާ މަގުބޫލު ސަރަހައްދަކަށް ވުމާއެކު، މި ގެނެވުނު ބަދަލުތަކާއެކު އެތަން ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްފަސޭހަކަމާއި މުހިންމު ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރަސްފަންނު އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2016 ވަނަ އަހަރުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ދުވަސްވަރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: