ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޗެއާޕާސަން އިންތިހާބު: ފިޔޯރީ އާއި ފީއަލީގެ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން!

ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގުމުން އެ ދެ ރަށުގައި ވޯޓުލުން މެދުކެނޑިއްޖެއެވެ.

”ސަންގަށް“ މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ފިޔޯރީގައި ކެންޑިޑޭޓެއްގެ މަންދޫބެއް ކަމަށް ބުނެ އެތަނަށް ދިޔަ މީހަކު ވަނީ ވޯޓު ފޮށި ފަޅާލައިފައެވެ. އޭނާ އެތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި ވޯޓު ފޮށި ފަޅާލުމުން ވޯޓުލާ މަރުކަޒުން އޭނާ ވަނީ ބޭރުކޮށްލައިފައެވެ.

މީސްމީޑިއާގައި އާންމުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށު ވޯޓު ފޮއްޓަށް އޮތީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ. ވޯޓު ފޮށި ފަޅާލުމުން ބައެއް ވޯޓު ކަރުދާސްތައް ހުރީ ބިންމައްޗަށް އެޅިފައެވެ.

މީގެ އިތުރުން، ފ. ފީއަލީގައި ވެސް ވޯޓުލާ މަރުކަޒުގައި ދެބަސްވުންތަކެއް އުފެދިފައިވެއެވެ. އެ ރަށުގައި ވޯޓުލަނީ ރަސްމީ ވޯޓު ލިސްޓަށް ނޫން ކަމަށް ބުނެ މީކާއިލް ނަސީމްގެ ފަރާތުން ވަނީ ޝަކުވާއެއް ވެސް ހުށަހަޅައިފައެވެ.

ފީއަލީގެ ވޯޓުލާ މަރުކަޒުގައި ހިނގި ހަމަނުޖެހުމުގައި ބަޔަކު މީހުން ވޯޓު ފޮށި ހިފައިގެން މަރުކަޒުން ދާ މަންޒަރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މި އިންތިހާބުގައި ވޯޓުލާން ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ އިތުރުން ސްރީލަންކާގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި 241 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އޭގެ ތެރޭގައި މާލޭގެ 10 ސްކޫލެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވެސް ހިމެނެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: