ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގް ސާވިސް އިން ލިބޭނެކަމަށް ބުނާ 400 މިލިއަން ޑޮލަރު މި ދައުރަކު ނުލިބޭނެ: ފައްޔާޒް

ހަވަރު ބެރު ޕެނަލް ޑިސްކަޝަން - ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ހަތަރު އަހަރާ ފަސް އަހަރު ދުވަހުގެތެރޭގަ ބަންކަރިންގް ސާވިސް މެދުވެރިކޮށް 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މި މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތްތައް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު އެމަނިކުފާނުވަނީ އެކަމުން ފުރަތަމަ އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

އެކަމަށް ރައްދުދެއްވައި އެމްޑީޕީން ބޭއްވި ’ހަވަރު ބެރު‘ ޕެނަލް ޑިސްކަޝަންގައި ފައްޔާޒް ވިދާޅުވީ އެއީ ކުރަން ރަނގަޅު ކަމެއް ކަމަށެވެ. އަދި އެ ސިޔާސަތު ކުރިއަށް ގެންދަވާތީ އެކަމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެހެން ނަމަވެސް އެ މަސައްކަތް މި ސަރުކާރުން ކުރަމުންދަނީ ރަނގަޅަށް ނޫން ކަމަށެވެ.

އަޅުގަނޑުމެން އޭރު އޮންނާނީ އެސްޓީއޯގެ އަމިއްލަ ލާރިން އެ ބޯޓު ގަނެގެން ގެނައުން. އެހެނަސް މިހާރު އަޅުގަނޑުމެންނަށް އަޑުއިވޭ ގޮތުގައި ވިޓޯލް ކިޔާ ވަރަށް ވަރުގަދަ ތެޔޮ ސަޕްލަޔަރެއްގެ އަތުން ދެ ބޯޓު ގަނެގެން އެމީހުންނަށް މި 400 މިލިއަން ޑޮލަރު ދާތަން ފެންނަނީ.

ފައްޔާޒް ވިދާޅުވީ އެސްޓީއޯއިން ހާމަ ނުކުރާހާ ހިނދަކު ގަބޫލުކުރެވޭނީ އެކަމުން އެސްޓީއޯއަކަށް މާ ބޮޑު ފައިދާއެއް ނުކުރާނެ ކަމަށެވެ. ސަބަބަކީ މިހާރު ފެންނަ ގޮތުން އެ 400 މިލިއަން ޑޮލަރު އަނބުރާ ވިޓޯލްއަށް ދާ މަންޒަރު ފެންނާތީ ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެހެންކަމުން ހަގީގަތުގައި އޭގެ މާބޮޑު ފައިދާއެއް ރާއްޖެއަކަށް ނުކުރާނެ ކަމަށެވެ.

ވަޒީފާތައް އިތުރުވެގެންދިއުމުގެ މަންފާވެސް އެކަމުން ހާސިލުވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު އެކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެ ދެ ބޯޓު ބާއްވައިގެން 1،000 ވަޒީފާއެއް ނުއުފެއްދޭނެ ކަމަށެެވެ. ދެތިން ހަތަރު ވަޒީފާއެއް އުފެދިދާނެ ކަމަށާ ބޯޓުގެ ކްރޫއިންނަށް ވެސް ތިބޭނީ ބޭރުން އަންނަ ކްރޫއެއް ކަމަށެވެ. އޭގެ އިތުރުން އިމިގްރޭޝަނާ ކަސްޓަމްސްގައި ވަޒީފާތަކެއް އުފެއްދިދާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ރައީސް އެ ވިދާޅުވި 400 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަދެއް ވެސް ލިބޭނީ ޒަމާންތަކަކުން އެކަން ތަރައްގީވެގެންނެވެ.

ފަހަރެއްގަ 10 އަހަރު ފަހުން އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރު ވަދެދާނެ.

ރާއޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިގްތިސާދު ފުޅާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގް ސާވިސް މި މަހު ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އަބަދު ދައްކާ ވާޙަކައެއްގެ ގޮތުއި ނުވެ، 2024 ގެ އޮގަސްޓު މަހުގެ ތެރޭގައި އެކަން ފެށިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ފެށުމާއިއެކު ފުރަތަމަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެކަމަށާއި އެއީ އެންމެ އަހަރެއްގައި އިތުރުވެގެންދާނެ މިންވަރުކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އޭރުން ދަރަނި ކުޑަވެގެންދާނެކަމަށާއި އުފެއްދުންތެރިކަމާއި އަޅާ ބަލާއިރު ދަރަނި ދަށްވެގެންދިއުމުގެ އިތުރުިންވެސް ބޮޑެތި ފައިދާތައްވެގެންދާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބިޒްނަސް ޕްރޮފިޓް ޓެކްސްއިން ފައިދާތައް ލިބިގެންދާނެއިރު ވަޒީފާތައް އިތުރުވެގެންދިއުމުގެ މަންފާވެސް ހާސިލުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޕީއެލް ފުޅާވެ ހަރުދަނާ ވެގެންދާނެކަމަށާއި ރައްޔިތުންނަށް އެކަމުގެ ފައިދާތައް ކުރާނެކަމަށްވުމުން ކުރެވެމުންދަނީ ފައިދާވަނިވި މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިންގް ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ބުނެފައެވެ. އެކަން ހާމަކުރައްވާފައިވަނީ އޭރު އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: