ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކަންކަމުގައި މުވައްޒަފުން ވަކިކުރާކަމަށް ބުނެ ފިނޭންސް މިނިސްޓަރާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަނީ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު --- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ކަންކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާ ސުވާލުކުރައްވަން މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށައަޅުއްވައިފިއެވެ.

ކުޑޫ ހުށައެޅުއްވި ސުވާލުގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ.ގައި ބަޔާންކުރާ މަގާމުތަކަށް މީހުން އައްޔަނުކުރުމާއި ވަކިކުރުން ފިޔަވައި ދައުލަތުގެ އެއްވެސް މަގާމަކަށް މީހުން އައްޔަނުކުރުމާއި ވަކިކުރުމުގައި އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބުރަވެ ތަފާތުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުް ކުޑޫ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ ގާނޫނާއި ހިލާފަށް ވަޒީފާއިން ވިކުރަމުން ގެންދަނީ ކީއްވެތޯއާއި ކޮން އުސޫލެއްގެ ދަށުންތޯ ސުވާލު ކުރައްވާފައެވެ.

ދާދި ފަހުން އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ވަކިކުރާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. އެގޮތުން އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގއާއި އަދި އެމްޑީޕީން ބޭއްވި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވާ ސަރުކާރުގެ މުވައްޒަފުން ވަކިކުރާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށް އެމްޑީޕީންވެސް ދަނީ ފާހަގަކުރަމުންނެވެ.

މީގެ އިތުރަށް މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވާލާފައިވާއިރު، އެ މަގާމު އުވާލީ އެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އާއެކު ފޮޓޯއެއް ނެގި މައްސަލައެއްގައި ކަމަށްވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. މިކަމާއި ގުޅިގެން އޭނާގެ ދަރިފުޅު އަޒާން ޒުހައިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން އިސްތިއުފާ ދެއްވައި ސަރުކާރަށް ވަނީ ތުހުމަތުތަކެއް ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: