ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެމްބަރުންގެ މައްޗަށް ދައުވާކުރީ ހެއްކެއް ނެތި، ދައުލަތުން ޖެހޭނީ ހެކި އުފައްދަން: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެސް ހެއްކެއް ނެތި ކަމަށާއި ދައުލަތަށް ޖެހޭނީ އެ މީހުންގެ މައްޗަށް ހެކި އުފައްދަންކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގާނުނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ދައުލަތުން އެމްޑީޕީގެ އަށް މެމްބަރެއްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ އެމްޑީޕީން މާލޭގައި ބޭއްވި ”ލޫޓުވައިފި“ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެއެވެ. އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިއަދު ހެނދުނު 10:00 ގައެވެ.

އެ އަޑުއެހުމަށް ވަޑައިގެން ކްރިމިނަލް ކޯޓުގެ ބޭރުގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ މައްޗަށް އުފުލާފައިވާ ފަދަ ދައުވާތަކަކީ މީގެ ކުރިން 2005 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ވަރަށް ގިނައިން ކުރެވުނު ފަދަ ސިޔާސީ ދައުވާތަކެއް ކަމަށެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ އުފުއްލަވާފައިވަނީ އެކަށީގެންވާ ހެކި ނުހޯއްދަވައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ހެއްކެއް ނެތީމުން ދައުލަތުން ޖެހޭނީ ހެކި އުފައްދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ޕްރޮސެކިއުޓަރ ޖެނެރަލް މި ދައުވާ އުފުލާފައި މިވަނީ ބޭނުންވާ ހެކި، އެކަށީގެންވާ ހެކި ނުހޯއްދަވައި. ހަގީގަތުގައި ހެއްކެއް ނުވެސް ނެތް، ހެއްކެއް ނެތުމުން ދެން ފެބްރިކޭޓު ކުރެވޭނީ،“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެ ބާވަތުގެ ކަންތައްތައް ހިނގަމުންދާކަމީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެ ދައުވާތައް ދައުލަތުން އަނބުރާ ގެންދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާތަކެއް ކަމަށާއި، އެ މައްސަލަ ބައިނަލްއަގުވާމީ ކޯޓުތަކަށް ގެންދަވާނެ ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ އުފުލި އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު (މަޓޭ) އާއި ހުޅުމާލެ އުތުރު ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވެސް ހިމެނެއެވެ. އޭގެ އިތުރުން، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަބްދުއްސަލާމް، އަލީ ނައުފަލް، އައިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒު، އަދި ހުސައިން ރަޝީދު ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: