ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ތެރޭގައި ވަކިކުރި އިތާފުށީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަނީ

ހައިކޯޓު ހިންގާ އިމާރާތް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ދުވަސްވަރު ދިމާވި މާލީ ތާށިކަމާ ހެދި އިތާފުށި ރިސޯޓުން 16 މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން އުވާލުމުން، ވަޒީފާގެ އެއްބަސްވުމުގައި އޮތް މުއްދަތަށް މުސާރައާއި އިނާޔަތް ހޯދަން އެ މުވައްޒަފުން ދައުވާކުރި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދެ ފަރާތުން އެއްބަސްވެއްޖެއެވެ.

އެ 16 މީހުންގެ ފަރާތުން ސެޕްޓެމްބަރު 7، 2020ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ވަޒީފާގެ އެއްބަސްވުންތައް އެ މީހުންގެ ރުހުމަކާ ނުލައި ބާތިލުކޮށް، އެއް މަސް ދުވަހުގެ ނޯޓިސް މުއްދަތެއް ދީ، އެ މުއްދަތަށް ފައިސާ އާއި ހައްގުވާ ޗުއްޓީގެ އެކި މުއްދަތުތަކަށް ލިބެންވާ ފައިސާ ލިބޭނީ އެ ފަރާތްތަކުން ރިޑަންޑަންސީ އެއްބަސްވުމެއްގައި ސޮއިކުރުމުން ކަމަށް ރިސޯޓުގެ މެނޭޖްމެންޓުން އޭރު އެންގި ކަމަށެވެ.

ނަމަވެސް، އެއް މަސް ދުވަހުގެ ބަދަލުގައި، އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ 16 މުވައްޒަފުންގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލި މައްސަލައިގައި، އެ ޓްރައިބިއުނަލުން ނިންމީ އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން އެ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތާ ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށް އެ ޓްރައިބިއުނަލުން އަންގާފައިވެއެވެ.

އެ ނިންމުން އިތާފުށި ރިސޯޓުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓުން އާންމުކޮށްފައިވާ އެ މައްސަލަައިގެ ނިންމުމުން އެނގޭ ގޮތުގައި އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. އެހެންވެ، އިތާފުށި ރިސޯޓުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އިތުރުން، އެ މުވައްޒަފުންގެ ފަރާތުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާއިން ހައިކޯޓަށް ހުށަހެޅި އިތުރު އިސްތިއުނާފީ މައްސަލަ ވެސް އަނބުރާ ގެންގޮސްފައިވާކަން އެ ނިންމުމުން އެނގެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި އެ 16 މުވައްޒަފުންނަށް އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ޖުމްލަ 87،610 ޑޮލަރު (1.35 މިލިއަން ރުފިޔާ) ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން އެއް މުވައްޒަފަށް ލިބެން ޖެހޭ ފައިސާގެ އަދަދު 14،687 ޑޮލަރަށް އަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: