ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކާއި ގޯޅިތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތްތައް ފަށައިފި

މާލޭގެ މަގުތަކާއި ގޯޅިތަކުން ޖަރާސީމުތައް ފިލުވުމުގެ ޕްރޮގުރާމުގެތެރެއިން. ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގެ މަގުތަކާއި ގޯޅިތަކުން ޖަރާސީމުތައް ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތްތައް ފަށާފައިވަނީ މިއަދު ހެނދުނު އައިޖީއެމްއެޗްގެ ކުރިމަތިންނެވެ. މިއަދު ހެނދުނު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ، މި ހަރަކާތްތަކުގެ ދަށުން، މާލެ ރިންގް ރޯޑް ވަށައި ކްލޮރިން ފެންޖަހާނެކަމަށާއި، ކުދި މަގުތަކާއި ގޯޅިތަކުން ވެސް ޖަރާސީމު ނައްތާލުމުގެ މަސައްކަތްތައް ބައުޒަރުގެ އެހީގައި ކުރެވިގެންދާނެކަމަށެވެ.

މީގެ އިތުރުން، ޝިފާ ވިދާޅުވީ، މާލެގެ މަގުތަކުން ޖަރާސީމު ފިލުވުމުގެ އިތުރުން، މަގުތަކުގައި ހުންނަ ކުނިބުނިތަކާއި، އެކި ސަރަޙައްދުތަކަށް އެއްކޮށްފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެކަމަށެވެ.

 

null

ޝިފާ ވިދަޅުވީ، ޖަރާސިމު ފިލުވުމުގެ ގޮތުން ޖަހާ ފެނަކުން، ވެހިކަލަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށާއި، އެހެންނަމަވެސް މަގުމަތިން ނަގަން ބޭނުން އެއްޗެއް ހުރިކަމުގައިވާނަމަ، އެ އެއްޗެއް ގެއަށް ވެއްދުމަށް ވެސް އެދިވަޑައިގަނަނަވާކަމަށެވެ. ހަމަ އެހެންމެ، މަގުމައްޗަށް ކުޅުނުޖެހުމަށާއި، ކުނި ނޭޅުމަށާއި، މަގުތައް ސާފުތަހިރުކަންމަތީގައި ބެލެހެއްޓޭނީ، ރައްޔިތުންގެ އެހީގައިކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި، އެމްއެންޑީއެފްގެ ކޮމާންޑަރު ބްރިގޭޑިއާރ ޢަބްދުﷲ އިބްރާހިމް ވިދާޅުވީ، މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިންމައިލެވޭތޯ ބައްލަވާނެކަމަށާއި، މަދަމާގެ ނިޔަލަށް މަސައްކަތް ނުނިމިއްޖެނަމަ ޖެހިގެން އަންނަ ދުވަހުގައި މަސައްކަތްކުރިއަށް ގެންދާނެކަމަށެވެ.

 

null

ކޯވިޑް-19 އިން ރައްކަތެރިވުމުގެ ގޮތުން ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ގޮތުން، މީގެތެރެއިން މާލެ ސިޓި ކައުންސިލުންވަނީ  މާރުކޭޓްފަދަ ތަންތަނާއި ޕާކްފަދަ ތަންތަން ވެސް ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: