ކޯވިޑް-19 އަށް ޝައްކުކުރެވޭފަދަ ޢަލަމާތްތަކެއްހުރި މީހަކުގެ ސާމްޕަލްނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރައްކާތެރިކަމުގެގޮތުން ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް-19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުރެގެން ވިލާތާއި، މެދު އިރުމައްޗަށް ދަތުރުކޮށްފައި އެނބުރިއައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.
މި ގޮތުން، ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް މިހަރު ކުރިއަށްދާކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
https://twitter.com/HPA_MV/status/1241974424917565440?s=20https://twitter.com/HPA_MV/status/1241974426742059010?s=20
ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ޤައުމަކުން ދިވެއްސަކު ރާއްޖެ އައިސްފިނަމަ ދެ ހަފުތާގެ މުއްދަތަށް، އެ މީހަކު އެކަހެރިކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

