ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ވެސް ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި

ވިލިމާލެ. ފޮޓޯ: ދަ މޯލްޑިވްސް އެކްސްޕާރޓްޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުމާއި ރޯގާއަށް ޚާއްސަކޮސްގެން ވިލިމާލޭގައި ވެސް ”ފްލޫ ކްލިނިކް“ އެއް ހުޅުވައިފިއެވެ.

ވިލިމާލެގައި ހުޅުވުނު މި ކްލިނިކަކީ، ހުމާއި ރޯގާއަށް ޑޮކްޓަރަށް ދައްކަންދާ ފަރާތްތަށް، ޢާންމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، ވަކިން ޚިދުމަތްހޯދޭނެ އިންތިޒާމް ހަމަޖެއްސުމުގެގޮތުން ހަދާފައިވާ ކްލިނިކެކެވެ. ވިލިމާލޭގައި އެންމެ ފަހުން ބިނާކޮށްފައިވާ ”މަސްޖިދުލް ބިއްރި“ ކުރިމަތީގައި ހުންނަ މި ކްލިނިކުގެ ޚިދުމަތްދިނުމަށް މިއަދު ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި ކްލިނިކްގެ ޚިދުމަތް ދެމުންގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 18:00 އަށެވެ. އައިޖީއެމްއެޗުން ހިންގާ މި ކްލިނިކްގެ ޚިދުމަތްތައްދޭނީ އެއްވެސް ފީއަކާއިނުލައެވެ.

ވިލިމާލޭގައި މިއަދު ހުޅުވުނު މި ކްލިނިކްގެ އިތުރުން، މާލޭގައި ހުންނަ ސެނެހިޔާ ހޮސްޕިޓަލުގައި ވެސްވަނީ، ހުމާއި ރޯގާއަށް ޚައްސަކޮށްގެން ކްލިނިކެއް ހުޅުވައި ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ދަތުރުވެރިންނަށް ޚާއްސަކޮށްގެން، ޓްރެވަލަރަސް ކްލިނިކަކާއި، ބިދޭސީންނަށް ޚާއްސަ ކްލިނިކެއްގެ ޚިދުމަތް މާލޭގައިވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: