ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ ނައިބް ރައީސް ކަމަށް އަކްރަމް އައްޔަން ކުރީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުން: ޝަރީފް

އީސީގެ މެމްބަރު ކަމުގެ ފަތްކޮޅު ރައީސް ސާލިޙް އަކްރަމްއާއި ހަވާލު ކުރައްވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ ދެ ވަނަ ދައުރަކަށް މަޖިލީޙުން ރުހުން ލިބިވަޑައިގެންނެވި ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް ކޮމިޝަންގެ ނައިބް ރައީސްގެ މަގާމަށް އައްޔަން ކުރީ ބަންދަލުވުމަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

އީސީގެ މެމްބަރު ކަމަށް އަކްރަމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ވަނީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އަދި އަކަރަމްއަށް އީސީގެ މެމްބަރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ހަވާލު ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. 

އަކްރަމް އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމުން އިލެކްޝަންސް ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ކޮމިޝަނުން ވަނީ އަކްރަމް އީސީގެ ނައިބް ރައީސް ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާކަން ހާމަކޮށް ޓުވީޓް ކޮށްފައެވެ. 

އެގޮތުން އީސީން ކުރި ޓުވީޓްގައި ބުނެފައި ވަނީ ކޮމިޝަންގެ25 ވަނަ ކުއްލި ޖަލްސާގައި އީސީގެ ނައިބް ރައީސް ކަމުގެ މަގާމަށް ކޮމިޝަންގެ ޖަލްސާގެ އިއްތިފާގުން އަކަރްން އައްޔަން ކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އެ ޓުވީޓާއި ގުޅިގެން ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ އަކްރަމް އީސީގެ ނައިބް ރައީސް ކަމަށް އައްޔަން ކުރުމަށް ބޭއްވި ކޮމިޝަންގެ ކުއްލި ޖަލްސާއަށް އޭނާ ހާޒިރުވެވަޑައިނުގަންނަވާ ކަމަށާއި އެހެން ކަމުން އަކަރަމް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރި ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އަދަދު ހާމަކުރިނަމަ މާބޮޑަށް ސާފްވީސް ކަމަށް ފުއާދު ވިދާޅުވިއެވެ. 

ކޮމިޝަންގެ ޖަލްސާގެ ކޯރޮމްއާއި މެދު ފުއާދު ސުވާލު އުފެއްދެވުމުން އެކަން ސާފް ކުރުމަށް ”ސަންގު“ އީލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއަށް ގުޅުމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އަކްރަމް އްޔަން ކުރި ކޮމިޝަންގެ ޖަލްސާގައި ކޯރަމް އޮތް ކަމަށެވެ. އެގޮތުން އަކްރަމް އީސީގެ ނައިބް ރައީސް ކަމުގެ މަގާމަށް އައްޔަން ކުރީ ކޮމިޝަންގެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ކަމަށާއި އެއީ ހަތަރު މެމްބަރުން ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ އަކްރަމް ސީސީގެ ނައިބް ރައީސްގެ މަގާމަށް އައްޔަން ކުރުމަށް ހުށަހެޅުއްވީ ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބް ކަމަށާއި ތާއުދޔ ކުރެއްވީ ކޮމިޝަންގެ މެމްބަރު ނަޝާތު ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަންގެ ޖަލްސާގެ ކޯރަމް އަކީ ތިން މެމްބަރުން ކަމަށާއި އިތުރަށް ސުވާލު އުފައްދަން ޖެހޭ ކަމެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: