ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: ހަކުރާހުރާ ކޭސް އާ ގުޅިގެން އެމްއޭސީއެލްގެ ގިނަ މުވައްޒަފުންތަކެއް ވެސް އައިސޮލޭޝަންއަށް!

ކޮރޯނާ ވައިރަސް: ހަކުރާހުރާ ކޭހާ ގުޅިގެން އެމްއޭސީއެލްގެ ގިނަ މުވައްޒަފުންތަކެއް ވެސް އައިސޮލޭޝަންއަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން އެކަހެރިކޮށްފައިވާ ބިދޭސީ މީހާއާ އެއާޕޯޓުން ކޮންޓެކްޓުވެފައިތިބި ގިނަ އަދަދެއްގެ ބަޔަކު އެކަހެރިކޮށްފިއެވެ.

ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި އެ ފަތުރުވެރިޔާ އެކަހެރިކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ނަމަވެސް އޭނާގެ ނަތީޖާ އަދި ނުލިބެއެވެ. ސަރުކާރުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބިދޭސީ މީހާއާއި ކޮންޓެކްޓުވެގެން ބައެއް މީހުން އެކަހެރިކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

އެ ކޭސްއާއި ގުޅިގެން އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ކްރޫއެއް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަތީޖާ އަދި ލިބިފައިނުވި ނަމަވެސް މި އެންމެނަކީވެސް އެއާޕޯޓް މުވައްޒަފުން ކަމަށްވުމުން އެ މީހުންނަށް އައިސޮލޭޓްވާން އަންގާފައިވަނީ ވައިރަގެ ހާލަތަށް ބަލާ ކަމަށެވެ. އަދި މިއީ ސަލާމަތީގޮތުން އެޅިފިޔަވަޅުތަކެއްގެ ގޮތުގައި މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަބްރޫކް ވަނީ މި މަހު 20 ވަނަ ދުވަހު މާލެ އައި ދިވެއްސަކު އައިސޮލޭޓުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ކޭސްއާއި ގުޅިގެން މާލޭގައި ކޮންޓެކްޓް ޓްރޭސްކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ގެއިން ނިކުމެ ނޫޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: