ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޖޮބް ބުރާސްފަތި އެއްވުމުގައި އެމްޑީޕީގެ ލީޑަރުން -- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ މެމްބަރުންނަށް ހުޅުމާލައިފިއެވެ.

ޕާޓީގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް 20 ޖޫންއިން ފެށިގެން 23 ޖޫން 2026 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލަައިފާވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމަށް ބޭނުންވާ މެމްބަރުން ގޫގުލް ފޯމް މެދުވެރިކޮށް މިއަދުން ފެށިގެން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑީޕީގައި 21 ކޮމިޓީއެއް ހިމެނެއެވެ. އެ ކޮމިޓީތަކަކީ އިންތިހާބާބެހޭ ކޮމިޓީ ، ކެންޕޭން ކޮމިޓީ،  ޗަންދާ ކޮމިޓީ ،  އިންތިޒާމް ކުރުމާބެހޭ ކޮމިޓީ ، މީޑިއާ ކޮމިޓީ ، ޤާނޫނީ ކޮމިޓީ ، ލާމަރުކަޒީ ކޮމިޓީ ،  ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ ، މެކްރޮއިކޮނޮމިކް ކޮމިޓީ ، އެސް.އެމް.އީ ކޮމިޓީ ، މަސްވެރިކަމާ ދަނޑުވެރިކަމާބެހޭ ކޮމިޓީ ، ޓޫރިޒަމް އާއި ޓްރާންސްޕޯރޓް ކޮމިޓީ ، އެންވަޔަރަމްންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ، ގެދޮރާބެހޭ ކޮމިޓީ ، ސިއްހަތާ އިޖްތިމާއީ ކޮމިޓީ ، ތައުލީމާބެހޭ ކޮމިޓީ ، ޔޫތު އެންޑް ރިސޯސަސް ކޮމިޓީ ، އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ، ފިޔަވަޅުއަޅާ ކޮމިޓީ ، ލޭބަރ ރިލޭޝަންސް ކޮމިޓީ ، ޕްރިވެންޝަން، ރިހެބިލިޓޭޝަން އެންޑް ރިއިންޓެގްރޭޝަން ރިސާޗް ކޮމިޓީއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީގެ ޗެއާރޕާރސަން އިންތިޚާބަށްފަހު ޕާޓީގެ އެތެރޭގެ ކަންކަން ހައްލުކޮށް ހަރުދަނާކުރުމަށް ޓަކައި ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: