ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަކުރާހުރާއިން ވައިރަހަށް ޝައްކުވި ބިދޭސީ މީހާގެ ސާމްޕަލް ނެގެޓިވް

ހަކުރާހުރާއިން ވައިރަހަށް ޝައްކުވި ބިދޭސީ މީހާގެ ސާމްޕަލް ނެގެޓިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރެގެން ސިނަމަން ހަކުރާހުރާ ރިސޯޓުން ޓެސްޓްކުރި ބިދޭސީ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ހަކުރާހުރާގެ އިތުރުން ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފިނޮޅުން ޝައްކު ކުރެވޭ މީހުންގެ ސާމްޕަލްވެސް ނެގެޓިވެވެފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 

https://twitter.com/HPA_MV/status/1242106643749339136

ބިދޭސީ މީހާގެގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މީހާ އާ އެއާޕޯޓުން ބައްދަލުވި ބަޔަކު ޓެސްޓު ކުރުމަށްޓަކައި އައިސޮލޭޓު ކުރިއެވެ. އޭގެ ތެރޭގައި އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފަކު ހިމެނެ އެވެ. އެ އެންމެންގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުންނާއި އަނަންތާރާ ދިގު ރިސޯޓުން ފަހުން ޓެސްޓްކުރި މީހުންގެ ނަތީޖާތައް ނެގެޓިވްވެފައިވާއިރު މީގެކުރިން ބަތަލާ ރިސޯޓްގެ ދެ ބިދޭސީ ޓޫރިސްޓެއްގެ ފަރާތުން ފެނުނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ރަނގަޅުވީ ފަސް މީހުންގެ ތެރޭގައި ބަތަލާ އައިލޭންޑުން ޕޮޒިޓިވްވީ ދެ މީހުން ހިމެނެއެވެ. 

ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ދެ މީހަކު ރަނގަޅުވީކަން އިއުލާނު ކުރީ މިއަދުއެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: