ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ އިލްތިމާސް މުވައްޒަފުންނަށް: ފަސިންޖަރުންނާއި އެކު ސެލްފީ ނުނަގަވާ!

އެއާޕޯޓް މުވައްޒަފުން ފަސިންޖަރުންނާއެކު ސެލްފީ ނުނަގަން އެމްއޭސީއެލްއިން އެދުން/ ބޮލީވުޑްގެ މަޝްހޫރު ތަރި ޝަހުރުކްގެ އާއިލާ ވީއައިއޭގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއި ގުޅިގެން، ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒިފުން ފަސިންޖަރުންނާއެކު ސެލްފީ ނުނެގުމާއި އަދި ސެލްފް ޑިސްޓެންސިންއަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުންވެސް ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި އެކު ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން މިހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެމްއޭސީއެލްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފަސިންޖަރުންނާއެކު ސެލްފީ ނުނެގުމަށް މުވައްޒިފުންގެ ކިބައިން އެދޭކަމަށެވެ. އަދި މި ދުވަސްވަރު ގައިގޯޅިވެ ފޮޓޯ ނެގުން ރައްކާތެރި ނޫން ކަމަށާ އަދި މަސައްކަތުގެ މާހައުލުގައި އިޖުތިމާއީ ގައިދުރުމިން ބެހެއްޓުމަށްވެސް މުވައްޒިފުންނަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

https://twitter.com/MACLmedia/status/1242114591380799488

ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން، ސިއްހީ މާހިރުން ކުރައްވާ އެންމެބޮޑު އިލްތިމާސަކީ ސެލްފް ޑިސްޓެންސިންއަށް ސަމާލުކަން ދިނުމާއި އަދި ގައިގޯޅިވުން ކުޑަކުރުމަށެވެ. ވީއައިއޭ އެއާޕޯޓަކީ ނުދަންނަ އެތައް ބަޔަކާއި ކޮންމެ ދުވަހަކު ކޮންޓެކްޓު ވާންޖެހޭ ތަނެކެވެ.

އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒިފުން ރާއްޖެ އަންނަ މަޝްހޫރު ތަރިންނާއެކު ސެލްފީ ނަގާ، ފޮޓޯތައް ނެގުމަކީ އާއްމު ކަމެކެވެ. އެހެން ނަމަވެސް އެއާޕޯޓަށް އަންނަ އެކި މީހުންނާއި އެކު ސެލްފީ ނުނެގުމަށް އެމްއޭސީއެލްއިން އެދިފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ މާރުއާން ފެލައިނީއާއި ގުޅިގެން ކަމަށް ބެލެވެއެވެ. އޭނާ ރާއްޖެއިން އެނބުރި ދިޔަފަހުން ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭނާ ރާއްޖޭގައި ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއްމުވެގެން ދިޔަ ފޮޓޯތަކުގައި ގިނައީ އެއާޕޯޓުގެ މުވައްޒަފުންނާއި އެކު ނަގާފައިވާ ފޮޓޯތަކެވެ.

ފެލައިނީ ވައިރަހަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގައި 20 މީހަކު ފާހަގަކުރިއެވެ. އޭގެ ތެރެއިން 5 މީހުންނަކީ ރީތި ރަށުގެ މުވައްޒަފުންނެވެ. އަދި އަނެއް 15 މީހުންނަކީ އެމްއޭސީއެލްގެ މުވައްޒަފުންނެވެ. އޭގެ ތެރެއިން އެމްއޭސީއެލްގެ ދެ މުވައްޒަފެއްގެ ސާމްޕަލްތައް ނަގާ ޓެސްޓު ކުރިއެވެ. އަދި އެ ނަތީޖާތައް ލިބިފައިވާއިރު ދެ މީހުންވެސް ނެގެޓިވްއެވެ. އަދި އެ ދެމީހުން ދިރިއުޅެމުން އައި ގެ ވެސް ލޮކްޑައުންއިން ވަނީ ދޫކޮށްލާފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، ރާއްޖެ އައިސްފައިވަނީ މާޗު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އޭނާ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ޗައިނާއަށް ފުރާފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ފެލައިނީ ވައިރަހަށް ޕޮޒިޓިވްވީކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ މާޗް މަހުގެ 20 ވަނަ ދުވަހެވެ.

ފެލައިނީ އާއި އެކު އެމްއޭސީއެލްގެ މުވައްޒަފުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުކުރިއެވެ. އަދި އެމްއޭސީއެލްއިން މިފަދަ އިލްތިމާސެއް މުވައްޒަފުންނަށް ކުރިއިރު، އެއާޕޯޓު މުވައްޒަފުން ދަނީ އެއާޕޯޓުގައި އެ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅިފައި ނުވާކަމަށް ބުނަމުންނެވެ. އަދި އެ މީހުންވެސް ހައިރިސްކް ކެޓަގަރީގައި ހިމެނޭއިރު އެކަމަށް ވެސް މުވައްޒަފުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: