ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުކޮޅުފުށީގައި ހިނގި މާރާމާރީގައި ހަމަލާދިނީ އެޗްޑީސީގެ ޑިރެކްޓަރު އިސޫއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފަރުކޮޅުފުށީގައި ރޭ ހިނގި މާރާމާރީއެއްގައި އެޗްޑީސީގެ ޑިރެކްޓަރު އިސްމާއިލް އަބްދުއްރަހްމާން (އިސޫ)އަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ފަރުކޮޅުފުށީ ހިއްކި ބިމުގައި ހިނގި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 18:37 ގައެވެ.

ފުލުހުން ބުނީ އެ މަރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން 34 އަހަރުގެ މީހާ އަކީ އިސޫއެވެ.

މި މާރާމާރީގައި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ.

ފުލުހުން ބުނީ، އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލުމުން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އިސޫއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭ އޭނާ ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: