ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި

މާޗު 10، ގެ ރޭ މާލެ އާއި ހުޅުމާލޭގައި ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން ފުލުހުން މާލެގެ މަގެއްގައި ހަރަކާތްތެރިވަނީ --- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް ބުނެފައި ވަނީ، ގަލޮޅު ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 02:32 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި، އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މާރާމާރީގެ 461 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: