ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮހިންޔާ މުސްލިމުންގެ މައްސަލައާގުޅޭ ގޮތުން، މިނިސްޓަރު ޝާހިދާއި، ގެމްބިއާގެ ފޮރިން މިނިސްޓަރު މަޝްވަރާކުރައްވައިފި

ގެމްބިއާގެ ފޮރިން މިނިސްޓަރު ޑރ. މަމަޑޫ ޓަންގާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެމްބިއާގެ ފޮރިން މިނިސްޓަރު ޑރ. މަމަޑޫ ޓަންގާރާއަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި ރޮހިންޔާ މުސްލިމުންގެ މައްސަލައާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

‎އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް، ގެމްބިއާއިން ހުށަހަޅާފައިވާ ރޮހިންޔާ މުސްލިމުންގެ ޙައްޤުތައް ކަށަވަރުކުރުމުގެ މައްސަލައަކީ، ވަރަށް މުހިންމު މައްސަލައެއްކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި، ގެމްބިއާއާއިއެކު ދިވެހިރާއްޖެއިން މަސައްކަތްކުރައްވާނެކަމަށާއި، ރާއްޖެއިން ކުރިއަށްގެންދާ ހުރިހައި މަސައްކަތެއް ކުރިއަށް ގެންދިއުމުގައި، ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ލިބިގަންނަމުންދާނެކަމުގެ ޔަޤީންކަންދެއްވާކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިކަމަށެވެ.

ހަމަ އެހެންމެ، ރޮހިންޔާ މުސްލިމުންގެ މައްސަލައަކީ، ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުންފާޅުކޮށް، ވަކާލާތުކުރަމުންދާ މައްސަލައެއްކަމާއި، މި މައްސަލައަށް ދިވެހިރާއްޖެއިން ތަދައްހުލުވީ ނުވަތަ އެތެރެވީ، ގެމްބިއާއިން ކުރަމުންދާ މަސައްކަތްތަކުގައި ޢަމަލީނަޒަރަކުން ވާގިވެރިވުމުގެ މަޤުސަދުގައިކަމަށް
މިނިސްޓަރު ޝާހިދު ވިދާޅުވިކަމަށް، ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި، ގެމްބިއާ ސަރުކާރާއި، އޯއައިސީން ކުރަމުންގެންދާ މަސައްކަތަށް، ޝާހިދު ހިތްވަރުދެއްވާފައިވާކަމަށް ވެސް، ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

null

މިޔަންމާ ސިފައިންގެ ލާއިންސާނީ ޢަމަލުތަކުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ހިމާޔަތްކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ތަދައްހުލުވެފައިވާއިރު ނުވަތަ އެތެރެވެފައިވާއިރު، ރާއްޖޭގެފަރާތުން މި މައްސަލައިގައި ވަކާލާތުކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤުވާމީ ވަކީލެއްކަމަށްވާ އާމާލް ކްލޫނީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: