ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ ބައިބައިވުމަށް ފުރުސަތު ނުދިނުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު. ފޮޓޯ: އެލްޖީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ގައުމަށް ޓަކައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ހިދުމަތަކަށް ވާނީ ޕާޓީ ބައިބައިވުމަށް ފުރުސަތު ނުދިނުން ކަމުގައި ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް، ވެރިކަން ކުރާ ޕާޓީ ބައިބައިކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.

އެ މަޅީގައި ކުރިން ވެރިކަން ކުރި 3 ޕާޓީ ކަމުގައިވާ ޕީޕީއެމް، އެމްޑީޕީ އަދި ޑީއާރްޕީ ވެސް ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން މިހާރު އަމާޒަކީ ޕީއެންސީ ބައިބައި ކުރުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. 

 

އާދަމް ޝަރީފް ވިދާޅުވީ މި ގައުމަށް ޓަކައި ޕީއެންސީގެ ލީޑާޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ހިދުމަތަކަށް ވާނީ ޕީއެންސީ ބައިބައިވުމަށް ފުރުސަތު ނުދީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް، ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް އެއް ރޫހެއްގައި މަސައްކަތް ކުރުން ކަމަށެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވިދާޅުވެފައިވަނީ، ޕީއެންސީ އެތެރެއިން ބައިބައިވަމުންދާ ކަމަށެވެ. އަދި އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގުބޫލުކަމެއް މިހާރަކު ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: