ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރާމު ކުރުމެއް ނެތި، ރައީސް ހުންނެވީ ރައްޔިތުންގެ ހިދުމަތުގައި: އާދަމް ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ހދ. ނޮޅިވަރަންފަރަށް ވަޑައިގެންނެވުން .
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރަކޮށް މަސައްކަތުގައި އުޅުންވަމުންވެސް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސެވުމުގެ މަސައްކަތް ކުރައްވަމުންކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް މުއިއްޒު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނޮޅިވަރަމްފަރަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކަކީ އެއްވެސް އަރާމެއް ނެތި ކުރައްވާ ދަތުރުފުޅުތަކެއްކަމަށެވެ. އަދި މިއީ މެދުނުކެޑި ރައީސް ދަތުރު ކުރައްވަމުން ގެންދަވާ 3 ވަނަ ހަފްތާކަމަށް ވިދާޅުވިއެވެ.

ހުކުރު ދުވަހު އެކަނި މަޑު ކުރައްވަނީ މާލޭގައި. އޭރު ވެސް އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ ހުކުރު ދުވަހު ވެސް އޮފީސް ހިންގަވަނީ.

ރައީސް މާލޭގައި މަޑު ކުރައްވާ ހަމައެކަނި ދުވަހަކީ ހުކުރު ދުވަސްކަމަށާއި، ނަމަވެސް އެ ދުވަހުވެސް ކުރައްވަނީ އޮފީސް ހިންގުމުގެ މަސައްކަތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ސަރުކާރާއިއެކުގައި ރައީސް ގެންދަވަނީ ގައުމުވެސް ހިންގަމުންކަމަށް ވިދާޅުވިއެވެ.

މިހާ ބުރަކޮށް މަސައްކަތް ކުރެއްވުމުގެ ބޭނުމަކީ ރައްޔިތުންގެ ހުވަފެންތަކުގައި އާއި އުއްމީދުތަކުގައި ކުލަ ޖެއްސުންކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އަރިހަށް ވަޑައިގެން، ކުރިން އެވެވަޑައިގެންނެވި ވައުދުތައް ޝައްކެއް ވެސް ނެތް ގޮތުގައި އޭގެ ފުރިހަމަ ގޮތުގައި ރައީސް ފުއްދަވައިދެއްވާނެކަމަށެވެ.

އިދިކޮޅު އެމްޑީޕީއިންވެސް ރައީސްގެ މަސައްކަތްތައް ގަބޫލު ކުރައްވާކަމަށް ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއެއްކަމަށެވެ. މިކަން ކައުންސިލަރުވެސް ގަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: