ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19އާއި ގުޅިގެން އިންޓަނެޓް އަގުހެޔޮ ނުކުރާތީ ޓެލެކޮމް އޮތޯރިޓީ މަޖިލީހަށް ހާޒިރު ކުރަނީ

މީކާއީލް އަހުމަދު ނަސީމް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއި ގުޅިގެން އިންޓަނެޓްގެ އަގުހެޔޮ ނުކުރާ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ. 

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުން އެގައުމުތައް ލޮކްޑައުންކޮށް ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން އިންޓަނެޓު އަގު ހެޔޮ ކޮށްފައިވާއިރު ވެސް ރާއްޖެއިން އެކަން ކޮށްފައި ނުވާތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރުޮށްދިނުމަށް އެދިފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމްއެވެ. 

https://twitter.com/MickailNaseem/status/1242483083611222017

މީކާއީލް މަޖިލީހުގެ ރައީސް ރައީސް ނަޝީދުއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ޓެލެކޮމް އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަކަށް ވީއިރު، އިންޓަނެޓަށް ނަގަމުންދާ އަގުތަކުން ލުޔެއް ހޯދައިދޭން މި ހާލަތުގައި މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. 

މީކާއީލް ވިދާޅުވީ  އިންޓަނެޓުގެ ހިދުމަތަކީ މިވަގުތު ކޮންމެހެންވެސް ބޭނުންވާ ހިދުމަތަކަށް ވެފައިވީ ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ދެމުން ނުދާ ކަމަށެވެ. އެހެން ކަމުން ކޮރޯނާ ވައިރަސްގެ ސަބަބަުން އިންޓަނެޓްގެ ހިދުމަތް ރައްޔިތުންގެ ޒަރޫރީ ހިދުމަތަކަށްވެފައިވާއިރު އެ ހިދުމަތުގެ އަގަށް އެއްވެސް ލުޔެއް ހޯދާދީފައި ނުވާތީ އެކަމުގެ ސަބަބު ސާފް ކުރުމަށް ޓެލެކޮމްގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް މަޖިލީޙުގެ ރައީސްގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: