ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތީމު ގަނޑުވަރު ސަރަހައްދު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. އުތީމުގައި ހުންނަ ތާރީޚީ އުތީމު ގަނޑުވަރު / ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އުތީމުގައި ހުންނަ ތާރީޚީ އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

އުތީމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ބީލަން ފޮތާއި، ބިޑު ހުށަހަޅާ ފޯމާއި، މަސައްކަތުގެ ތަފްސީލީ ކުރެހުންތަކާއި އަދި ބީ.އޯ.ކިއު ހިއްސާކުރެވޭނެ ކަމަށް އުތީމު ކައުންސިލުން ބުނެފައިވާއިރު އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރަން ބޭނުންވާ މައުލޫމަތު އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން ބިޑްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން info@utheem.gov.mv އަށް އީމެއިލްކުރުމަށް އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވެއެވެ. އަދި މައުލޫމާތު ހޯދުމަށް 6500038 ނަންބަރު ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. 

ބިޑް ހުށަހެޅުން އޮންނާނީ 9 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ. އުތީމު ކައުންސިލްގެ އިދާރާގައެވެ. މި މަޝްރޫއަކީ އުތީމު ރައްޔިތުން އެތަން ބެލެހެއްޓުމުގައި އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ގައުމިއްޔަތަށް ކުރަމުންދާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އުތީމު ގަނޑުވަރު ސަރަހައްދު ތަރައްގީކުރަން ހުޅުވާލިއިރު، އެތަން ބެލެހެއްޓުމަށް ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދޭ އަހައްމިއްޔަތުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި އެރަށު ރައްޔިތުން އެތަން ބަލަހައްޓާފައިވާތީ ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު މިދިޔަ އަހަރު އެރަށު ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: