ދުނިޔެ އެ ވައިރަހުގެ ނުރައްކަލަކަށްވެފައިވާ، ކޮރޯނާ ވައިރަހާއިގުޅިގެން، ޢުމުރުން ދުވަސްވީމީހުންގެ މަޢުލޫމާތު އެއްކުރަން މިނިސްޓްރި އެންޑް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ފަށާފައިވާ މަސައްކަތް ހުއްޓާލައިފިއެވެ.
ކޮރީނަ ވައިރަހާއި ގުޅިގެން ޢުމުރުން ދުވަސްވީމީހުންގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ޖެންޑާ މިނިސްޓްރީން އެކަމަށް ޚާއްސަ ފޯމެއް ޓްވިޓަރ މެދުވެރިކޮށް އިއްޔެވަނީ ޢާންމުކޮށްފައެވެ. މި ގޮތުން، ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތައް، އެ ފޯމުފުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅަން އެދިފައިވެއެވެ. އެ ފޯމުގައި، އެ މީހެއްގެ ޢާންމު މަޢުލޫމާތާއި، ޞިއްޙީ ހާލަތުގެ މަޢުލޫމާތު ފުރިހަމަކުރަން ހިމަނާފައިވެއެވެ.
ޖެންޑަރގެ މި ނިންމުމަށް ޢާންމުންގެ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ. ޖެންޑަރއިން މިއަދު ކުރި ޓްވީޓެއްގައިވަނީ، ޢުމުރުން ދުވަސްވީމީހުންގެ މަޢުލޫމާތު، އެކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް މި ވަގުތު ކުރެވެމުންދާތީ، އިއްޔެ ފަށާފައިވާ މަސައްކަތް ހުއްޓާލާފައިވާކަމަށެވެ.
https://twitter.com/MoGFSSmv/status/1242727942792179712?s=20
ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އެންމެ ބޮޑު އެއްބަޔަކީ ޢުމުރުން ދުވަސްވީ މީހުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، ޢުމުރުން 80 އަހަރުންމަތީގެ %14.8 ޕަސެންޓް މީހުން މިހާރު މި ބަލީގައި މަރުވެފައިވެއެވެ. ޢުމުރުން 70 އަހަރާއި، 79 އަހަރާއިދެމެދުގެ %8.0 ޕަސެންޓް މީހުން މަރުވެފައިވާއިރު،
ޢުމުރުން 60 އަހަރާއި، 69 އަހަރާއިދެމެދުގެ %3.6 ޕަސެންޓް މީހުން މިހާތަނަށް މަރުވެފައިވެއެވެ.

