ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްގެ ކަންކަމުގައި ހޯއްދަވާނީ ސިއްހީ މާހިރުންގެ މަޝްވަރާ އިދިކޮޅު ފަރާތްތަކުގެ މަޝްވަރާއެއް ނޫން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ކަންކަމުގައި މަޝްވަރާކޮށް ލަފާ ހޯއްދަވާނީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ނޫން ކަމަށާއި ކޮރޯނާ ވައިރަސްގެ ކަންކަމުގައި މަޝްވަރާ ކުރައްވަނީ ސިއްހީ މާހިރުންނާއި ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. 

ކޮރޯނާ ވައޮރަސްއާއި ގުޅިގެން އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން މިހާރު ނިންމަމުންދާ ހުރިހައި ނިންމުމެއް ނިންމަވަމުން ގެންދަވަނީ ސިއްހީ މާހިރުންގެ މަޗްވަރާގެ މަތިންނެވެ. 

ނަމަވެސް ރައީސް ވިދާޅުވީ އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކާއި ވާހަކަ ދަކެވި މަޝްވަރާ ކުރެވޭ ކަމަށާއި އެގިތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ވަރަށް ގިނައިން ފޯނުން މަޝްވަރާ ކުރެވޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ސަރުކާރުން ކުރާ ހުރިހައި ކަމެއްގައި ވެސް ހުރިހައި ފަރާތްތަކާއި ވެސް މަޝްވަރާ ކުރައްވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. 

މީގެއިތުރުން ކޮރޯނާ ވައިރަސްއާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވޭތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ލުއި ގޮތްތައް ހަދާ ދިނުމާއި މާފްދެވޭނެ ގޮތް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެހެން ކަމުން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. 

އެމަނިކުފާން ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ ހުރިހައި ކަމެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ހުރިހައި އެންމެންނަށް ވެސް އެބަ އޮތް ކަމަށާއި އެގޮތުން ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ވޮލިންޓިޔަރުންގެ ގޮތުގައި މަސައްކައްތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: