ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އިންސާނީ ވަސީލަތް

ވެމްކޯގެ މުވައްޒަފަކު ކުނިނެގުމުގެ މަސައްކަތުގައި. ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އިންސާނީ ވަސީލަތްކަމަށާއި، ކުނި ނެގުމަކީ ޒަރޫރީ ޢާންމު ޚިދުމަތަކަށްވުމުން، މިފަދަ ޙައްސާސް ދަނޑިވަޅެއްގައި، އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތަށް ބަދަލެއް ނުގެންނާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނުގައިވަނީ، ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ސޯޝަލް ޑިސްޓެންސިންގ ނުވަތަ އިޖުތިމާޢީ ގައިދުރުކަންކަމަށް ވިޔަސް، އެ ކުންފުނިން ދޭ އެއްވެސް ޚިދުމަތަކަށް ބަދަލުގެނައުމަށް ގަސްދުނުކުރާކަމަށެވެ.

މީގެ އިތުރުން ވެމްކޯއިން ބުނީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގޭބީސީތަކުގައި ކުނި ބަންދުކުރުމުގައި އެޗްޕީއޭގެ މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭންގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ.

”މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭން“ ގައިވާ ކަންކަން:

(1) ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ކުނިބަންދުކުރާއިރު، ކުނިއަޅާފައިވާ ކޮތަޅު އިތުރުކޮތަޅަކަށްލާ، ބަންދުކުރުމަށް ސަމާލުކަންދިނުން.

(2) ކުނިބަންދުކުރުމުގައި ލީކްވާނެފަދަ އެއްޗެއްވާނަމަ، އެ ފަދަ އެއްޗެއް ލީކްނުވާނެފަދަގޮތަކަށް ކޮތަޅުބަންދުކުރުމަށް ސަމާލުކަންދިނުން. (މިގޮތުން އިތުރު ކޮތަޅަކަށްލުން އަދި ރިހަފަދަ ތަކެތި ކުނި ކޮތަޅަށް ނޭޅުން)

(3) ކުނިކޮތަޅަށް އެކަށީގެންވާ މިންވަރަށް ކުނިއެޅުމަށް ސަމާލުކަންދިނުން. (އަދި ކޮތަޅުގައި ކުނި ބަންދުކުރާއިރު، އެދެވިގެންވާ މިންވަރުކަމަށްވާ ކޮތަޅުގެ 3/2 އަށް ކުނިއެޅުން)

(4) ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ދިރިއުޅޭ ގޭބިސީއެއްނަމަ މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކުނިކޮތަޅު ގޭބިސީގެބޭރުން ނެގޭނެ އިންތިޒާމް ހަމަޖެއްސުން.

ވެމްކޯއިން ބުނީ، ”މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭން“ ގައިވާ ކަންކަންމާއި އެއްގޮތަށް ޢަމަލުނުކުރާ ކަސްޓަމަރުންގެ ކުނި ބަލައިނުގަތުމުގެ އިޚުތިޔާރު އެ ކުންފުންޏަށް ލިބިގެންވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: