ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކެއާ އާއި ޒައިސް ގުޅިގެން އައިނު އިޚްތިޔާރުކުރުމުގެ އައު ޖީލެއްގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައިކެއާ މޯލްޑިވްސް އާއި ދުނިޔޭގެ މަޝްހޫރު ”ޒައިސް“ (ZEISS) ކުންފުނި ގުޅިގެން، ރާއްޖޭގެ އޮޕްޓިކަލް ހިދުމަތުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ފަދަ، އައިނު އިޚްތިޔާރު ކުރުމުގެ އައު ޖީލެއްގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އައިކެއާއިން އަލަށް ތައާރަފުކުރި މެޝިނަކީ ގާތްގަނޑަކަށް 40 ލެންސް ބޭނުންކޮށްގެން ކަސްޓަމަރުގެ މޫނުގެ ވަރަށް ތަފްސީލީ ފޮޓޯތަކެއް ނަގައި، އޭގެ ޑިޖިޓަލް މޮޑެލްއެއް ތައްޔާރުކޮށްދޭ މެޝިނެކެވެ.

މި މޮޑެލްގެ އެހީގައި ކަސްޓަމަރުގެ މޫނުގެ ބައްޓަމާއި ސިފަތަކާ އެންމެ ގުޅޭ އައިނުތައް ދެނެގަނެވި، ތަފާތު ޑިޒައިންތަކާއި ކުލަތަކުގެ އައިނު ފްރޭމްތައް ވާޗުއަލްކޮށް މޫނަށް ހެޔޮވަރުކޮށްލައިގެން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އައިނު ގަތުމުގެ ކުރިން އެންމެ އެކަށީގެންވާ ނިންމުން ނިންމުމަށް ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މި ޓެކްނޮލޮޖީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށް ޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޝަރަފުވެރި މެހެމާނު، ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.

އައިކެއާ އަދި ޒައިސް ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، މި އައު ނިޒާމު އެންމެ ފުރަތަމަ ތަޖުރިބާކުރެއްވީވެސް މިނިސްޓަރު ގީލާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒައިސްގެ މަންދޫބުން ފާހަގަކުރެއްވި ގޮތުގައި، މިއީ އައިނުގެ ސިނާއަތަށް އައި ވަރަށް މުހިންމު އީޖާދެކެވެ. އަދި އައިކެއާ އަކީ ރާއްޖޭގެ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް އަދި އިތުބާރެއް ހޯދާފައިވާ ކުންފުންޏަކަށް ވާތީ، އެ ކުންފުންޏާއެކު މިފަދަ ބައިވެރިވުމެއް ފެށުމަކީ ލިބޭ ވަރަށް ބޮޑު ޔަގީންކަމެއް ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
އައިކެއާ އިން ބުނި ގޮތުގައި، ވޭތުވެދިޔަ 23 އަހަރު ދުވަހު އެ ކުންފުނިން މެދުކެނޑުމެއްެއް ނެތި ހިދުމަތް ދެމުން އައުމަކީ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރުގެ ހެއްކެކެވެ.

ޒައިސްއާއެކު ފެށި މި ގުޅުމަކީ ދުނިޔޭގެ ފެންވަރުގެ އޮޕްޓިކަލް ޓެކްނޮލޮޖީ އާއި ފުރިހަމަ ހިދުމަތްތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް އެ ކުންފުނީގެ އިސްވެރިން ވިދާޅުވިއެވެ.

ޒަމާނީ އިމޭޖިންގ ޓެކްނޮލޮޖީ އާއި، ކަސްޓަމަރުންނާ ގުޅޭ އައިނުތައް ހޮވައިދިނުމުގެ އިތުރުން، ވާޗުއަލްކޮށް އައިނު އަޅައިގެން ބަލާލުމުގެ ފުރުސަތު އެއް ފުރާޅެއްގެ ދަށުން ލިބިގެންދާ މި ހިދުމަތާއެކު، ރާއްޖޭގައި އައިނު ގަތުމުގެ ތަޖުރިބާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: