ސްކޫލްތަކުގެ މިޑް ޓާމް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ހާއްސަކޮށްގެން އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި ނަންބަރު އައިނު ފްރޭމްތަކުން 25 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ސެޕްޓެމްބަރު 2026 އިން ފެށިގެން 26 ސެޕްޓެމްބަރު 2026 ގެ ނިޔަލަށެވެ. މިއީ ބަންދު ދުވަސްވަރު ދަރިވަރުންގެ ލޮލުގެ ޓެސްޓުތައް ހަދައި، ސްކޫލްތަށް ހުޅުވުމުގެ ކުރިން އައިނު އައުކޮށްލަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
މި އޮފަރ ހުޅުވާލެވިފައިވަނީ އުމުރުން 25 އަހަރުން ދަށުގެ ސްކޫލް އަދި ކޮލެޖް ދަރިވަރުންނަށެވެ. ޑިސްކައުންޓް ލިބޭނީ އައިނު ބޭނުންކުރާ ދަރިވަރު އައިކެއަރގެ އައުޓްލެޓަށް ހާޒިރުވެގެންނެވެ. މީގެއިތުރުން، އުމުރުން 18 އަހަރުން މަތީގެ ދަރިވަރުން ޑިސްކައުންޓް ހޯދުމަށް ސައްހަ ސްޓޫޑެންޓް އައިޑީ ކާޑު ނުވަތަ ކިޔަވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.
އައިކެއަރ އިން މައުލޫމާތު ދޭ ގޮތުގައި 25 އިންސައްތައިގެ ޑިސްކައުންޓް ލިބޭނީ ހަމައެކަނި ފްރޭމްތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ދަރިވަރަކަށް އެއް ފްރޭމަށްވުރެ ގިނަ ފްރޭމް ވެސް ޑިސްކައުންޓް އަގުގައި ގަތުމުގެ ފުރުސަތު އޮންނާނެއެވެ.
މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އައިކެއަރގެ ވެބްސައިޓަށް ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއަރ އައުޓްލެޓަކަށް ޒިޔާރަތްކުރައްވާށެވެ.

