ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޔަކު އޭނާގެ ދަރިޔަކަށް ރަޙުމުކުރާ ވަރަށްވުރެ، ﷲ އެ އިލާހުގެ އަޅުތަކުންނަށް އޯގާވެވޮޑިގަންނަވާ: ޚުޠުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

މަޔަކު އޭނާގެ ތުއްތު ދަރިފުޅަށް ރަޙުމުކުރާ ވަރަށްވުރެ ވެސް، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންކުންނަށް އޯގާވެވޮޑިގެންވާކަމަށް، މިއަދުގެ ހުކުރު ޚުޠުބާ ޒިކުރުވެގެން ހިނގައްޖެއެވެ.

މި ދުނިޔޭގައި އެ އިލާހުގެ ރަޙްމަތްފުޅުވަނީ އެންމެންނަށް ޝާމިލުވެފައިކަމަށާއި، އުޑުތަކާއި ބިމުގައިވާހާ ތަކެތި އުފައްދާފައިވަނީ އެންމެހާ އިންސާނުންނަށްޓަކައިކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ އެ އިލާހުގެ ރަޙްމަތްފުޅު ތަނަވަސްވެގެންނުވާނަމަ، މި ދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާނުލެވޭނެކަމަށާއި، ބޯނޭ ފެންފޮދެއް ވެސް ނުލިބޭނެކަމަށާއި، ﷲ ގެ ރަޙްމަތްފުޅުނުވާނަމަ، އެއްވެސް މީހަކަށް ޝިފާއެއް ނުލިބޭނެކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން، ﷲ ގެ ރަޙުމަތުން އުންމީދުކަނޑައިލާ މާޔޫސްވާން ނުޖެހޭކަމާއި، ކިތަންމެ ގިނަ ފާފައެއް ކުރެވުނުކަމުގައިވީ ނަމަވެސް، އިޚުލާސްތެރިކަމާއެކު ތައުބާވެ ހެޔޮ ޢަމަލުކުރުމުން، އެ އިލާހު ފާފަތައް ފުއްސަވައިދެއްވާނެކަމަށް އަންގަވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވައި އުންމީދު އާކޮށްދެއްވިއެވެ.

މި ގޮތުން، ހިތްވަރުދެއްވުމަށްޓަކައި ޚުޠުބާގައި ފާހަގަކުރެއްވީ ވަރަށް ވެސް މުހިންމު ނުކުތާއެކެވެ. ޚުޠުބާގައި ފާހަގަކުރެއްވީ، މީހަކު ނުބައި ޢަމަލެއް ކޮށްފިނަމަ، އެ މީހަކަށް ޖަޒާދެއްވާނީ އެ މީހަކު ކުރިޢަމަލަކާ އެއްވަރަށްކަމަށާއި، ނަމަވެސް ހެޔޮ ޢަމަލެއްކޮށްފިނަމަ އެ ޢަމަލެއްގެ ޖަޒާ ދިހަގުނައިން ފެށިގެން ހަތްސަތޭކަގުނައަށް، ﷲ އިތުރުކޮށްދެއްވާކަމެވެ.

މީގެ އިތުރުން ޚުޠުބާގައިވަނީ އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ގޮވައިލާފައެވެ. މި ގޮތުން، ބަލިމަޑުކަމާއި މުޞީބާތުގެ ވަގުތުތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، ކުރިމަތިވެފައިވާ އާފާތްތަކުން ސަލާމަތްކޮށްދެއްވުމަށްއެދި، ސަބަބުތަކުގައި ހިފައި ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: