ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްގެ ހާލަތުގައި ކުއްޔަށް އުޅޭ މީހުންނަށް އެމީހުންގެ ކުލި ބޮޑުތަނުން ލުއިވާންޖެހޭ: އަލީ ހުސެން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތައްވެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާއިރު ވެރިރަށް މާލޭގައި ކުއްޔަށް އުޅޭ މީހުންނަށް އެމީހުންގެ ކުލި ބޮޑުތަނުން ލުއިވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީއަސް ނިސްބަތްވާ މެމްބަރު އަލީ ހުސެން ކުރެއްވި ޓޫވިޓެއްގައި ވިދާޅުވީ ބޭންކުލޯނުތައް ދެއްކުމަށް ލިބޭނެކަމަށް ބުނާ ލުއި، އެއްވެސް އިސްތިސްނާއެއް ނެތި އެ ބޭންކުން ލޯނު ނަގާފައިވާ އެންމެންނަށް މިދަނޑިވަޅުގައި ލިބެންޖެހޭނެ ކަމަށް ދެކެވަޑައިގަންވާ ކަމަށާއި . އަދި ކުއްޔަށް އުޅޭ މީހުންނަށް އެމީހުންގެ ކުލިވެސް ބޮޑުތަނުން ލުއިވާންޖެހޭނެ ކަމަސް ގަބޫލު ކުރައްވާ ކަމަށެވެ. 

ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތަކަސް އެހީތެރިވުމުގެ ގިތުން ސަރުކާރުން ވަނީ2،5 ބިލުޔަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާން ކުރައްވައި އެކިއެކި ވިޔަފާރިތަކަށް އެހީރެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. ހަމައެހެންމެ އެޗްޑީއެފްސީއާއި ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯންތައް ދެއްކުން ހަ މަސް ދުވަހުގެ މުއްދަތަށް ސަރުކާރުން ވަނީ ފަސްކޮށްދީފައެވެ. 

މީގެއިތުރުން  ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވާފައެވެ. 

ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކުރިމަތިވަމުންދާ މާލީ ދަތިކަމުން އަރައިގަތުމަށް ރަހުމަތްތެރި ގައުމުތަކާއި ޖަމިއްޔާތަކާ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ވާލްޑް ބޭންކުން ރާއްޖޭގެ ކޮވިޑް-19 ފަންޑަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭޑީބީ އާއި އޮޕެކް ފަދަ އިތުރު މާލީ އިދާރާތަކުން އެހީ ހޯދުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭން ލޯނު ނަގާފައިވާ ގައުމުތަކާއެކު އެ ލޯނުތަކަށް ލުއިތަކެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ރާއްޖޭން އެންމެ ބޮޑެތި ލޯނުތައް ނަގާފައިވާ ޗައިނާއާ މަޝްވަރާކުރަން ބޭނުންވާތީ އެކަމަށް އެދި ސިޓީފުޅެއް ފޮނުވާފައިވާކަމަށާއި، ނަމަވެސް، އެ ސިޓީއަށް އަދި ޖަވާބެއް ލިބިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލްވެފައިވާ ޖަރުމަނާއި ޗައިނާ ފަދަ ގައުމުތަކުން ތިން މަސް ދުވަސް ފަހަށް ބުކިން ހެދުމަށް އެދެމުންދާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާ ފަދަ ބައެއް މާކެޓުތަކަށް ރާއްޖެ ހުޅުވާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: