މެޑިކަލް ލެޓަރއެއް ނުދީފިނަމަ، ނަފުސަށް ގެއްލުންދޭނެކަމަށް ބުނި މީހެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރިސޯޓުން ފޭބުމަށްޓަކައި މެޑިކަލް ލެޓަރއެއް ނުދީފިނަމަ، ނަފުސަށް ގެއްލުންދޭނެކަމަށް ބުނި މި މީހާ މިހާރުވަނީ، ކޯޓު އަމުރެއްގެދަށުން ހައްޔަރުކުރެވިފައެވެ.
ވ.ސިނަމަން ވެލިފުށި ރިސޯޓުގައި ވަޒީފާއަދާކުރަމުންދާ މި މީހާއަކީ ޢުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފައިވެއެވެ.
https://twitter.com/PoliceMv/status/1243251671334961153?s=20
މި މައްސަލަ މިހާރު ތަޙުޤީޤުކުރެވެމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޯވިޑް-19 އިގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، އެއް ރިސޯޓުން އަނެއް ރިސޯޓަށާއި، ރިސޯޓުތަކުން، މީހުން ދިރިއުޅޭ ރަށްރަށަށް ދިއުންވަނީ މުއްދަތެއް ނެތްގޮތަށް މަނާކޮށްފައެވެ. އެހެންނަމަވެސް، ހުއްދައަކާއިނުލައި، ރިސޯޓުން ފައިބައިގެން، ދިޔަ ދެތިންމީހެއްގެ މައްސަލަ ވެސް ވޭތުވެދިޔަތަނުގައިވަނީ ފެންމަތިވެފައެވެ.

