އަނެއްކާވެސް އިތުރު ދެ ރިސޯޓެއް ލޮކްޑައުންކޮށް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ތިން ދިވެއްސެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ކޮރޯނާ ވައިރަހުގެ ކޭސްއެއް ފެނިފައިވަނީ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ރިސޯޓަކުންނެވެ. ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއި އެކު އަޅަމުން އައި ތަފާތު އެކި ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިގެން ދިޔައެވެ. އަދި އެއަށްފަހު ފިޔަވަޅުތައް ވަރުގަދަ ކުރެވެމުން ދިޔައެވެ.
މިއަދާއި ހަމައަށް ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސްގެ 13 ކޭސްއެއް ފެނުނުއިރު މިހާތަނަށް އެ ބައްޔަށް ފަރުވާދިން މީހުންގެ ތެރެއިން 8 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 10 ދުވަަހަށް ފަހު ފެނުނު ކޭސްއަކީ ރާއްޖެއިން ބޭރުން އައި ދިވެއްސެކެވެ. އެއީ، މިމަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިރޭ ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޝައްކުވާ އަލާމާތްތަކެއް ފާހާގަކުރެވިގެން ކޮލްޑައުން ކޮށްފައިވަނީ ރެސިޑެންޓް މޯލްޑިވްސް އާއި ދިގުރަށް އަދި ފިލިތެޔޮ އައިލެންޑް ރިސޯޓް ކަމަށެވެ.
އެގޮތުން ދިގުރަށް ރިސޯޓުން ދެ ދިވެެއްސެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާއިރު އެ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ފިލިތެޔޮ ރިސޯޓުން އަލާމާތްތަކެއް ފެނިފައިވަނީ ބިދޭސީއަކާ ދިވެއްސެއްގެ ގައިންކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބުކޫރު ވިދާޅުވީ އެ ހަތަރު މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.


One Response
Thaana liyumugai akuruthakai basthah furihama kollumah edhen