ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށު މައްސަލަ: އާ ހެކިތަކާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލި ވ. އާރަށުގެ މައްސަލައިގައި އާ ހެކިތައް ބަލައިނުގަނެ އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލައިގައި ހުކުމްކުރަން ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

އާރަށުގެ މައްސަލައިގައި ދައުލަތުން އުފުލި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ހުކުމް ބާތިލުކުރަން ހައިކޯޓުން ނިންމީ، އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށްދިޔަ އިރު ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިގަތީ ރަނގަޅަށް ނޫން ކަމަށް ނިންމުމަށްފަހުއެވެ. އަދި އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވަން ހައިކޯޓުން އޮތީ ނިންމައިފައެވެ.

ނަމަވެސް، އާ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. ސުޕްރީމް ކޯޓުގައި ފުރަތަމަ އެ މައްސަލަ ބެއްލެވި ބެންޗު ބަދަލުވުމުން، އާ ބެންޗުން އަޑުއެހުމެއް ބާއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރުމުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިިިިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.

އާރަށުގެ މައްސަލަ އަނބުރާ ދަށު ކޯޓަށް ފޮނުވާލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް މަޑުޖެހިފައިވަނީ ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމެންދެނެވެ. އާރަށުގެ މައްސަލައިގެ އިތުރުން، ވ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލަ ވެސް އޮތީ ކްރިމިނަލް ކޯޓުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: