ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއު އިޢުލާނުކޮށްފައިވާ ވަގުތުތަކުގައި ބޭނުންކުރުމަށް ނޫސްވެރިންނަށް ޚާއްސަ ފާހެއް ލިބޭނެ : މީޑިއާ ކައުންސިލް

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާފިއު އިއުލާނުކޮށްފައިވާ ވަގުތުތަކުގައި ނޫސްވެރިންނަށް، ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުމަތީގައި އުޅެވޭނީ ޚާއްސަފަހެއް އަޅައިގެންކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މި ގޮތަށް ނިންމާފައިމިވަނީ، ކޯވިޑް-19 އާއި ގުޅިގެން، މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ކޮންމެދުވަހަކު ހަވީރު 17:00 އިން ރޭގަނޑު 20:00 އައި ހަމައަށް މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ މަގުތަކުގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މީހުން ނިކުމެ އުޅުން ސަރުކަރުން މަނާކުރުމާއި ގުޅިގެންނެވެ.

މި ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ނެރުނު ޕްރެސް ރިލީޒްގައި ބުނީ، ޚާއްސަ ފާހެއް އަޅައިގެން ނޫސްވެރިންނަށް މަގުމަތީގައި އުޅެވޭނެކަމަށާއ، ރަޖިސްޓްރީކޮށްގެން ހިންގާ ފަސް މީޑިއާއަކަށް ފާސް ދޫކުރުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމާފައިވާކަމަށާއި، މި ފާސް ދޫކުރަމުންދާނީ، މީޑިއާތަކުން އެ ކައުންސިލަށް ނަންތަށް ފޮނުވާފައިވާ މީޑިއާގެ ފަރާތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންކަމަށެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލުން ބުނީ، ހަތަރު ފުރޮޅުލީ ވެހިކަލްތައް ބޭނުންކުރާ މީޑިއާތަކަށް، އެޗްޕީއޭއިން ދޫކުރާ ޚާއްސަ ސްޓިކާ ލިބޭނެ އިންތިޒާމް ޓްރެފިކް ޕޮލިހަށް ގުޅުމުން ހަމަޖެހިގެންދާނެކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނީ، ނޫސްވެރިންނަށް ދޫކުރާ ފާހަކީ، ނޫސްވެރިކަމުގެ މަސައްކަތް ކުރުމަށް ދޫކުރާފާހެއްކަމަށާއި، އެ ފާހުގެ ބޭނުން ނަހަމަގޮތުގައި ނުކުރުމަށް އެންމެހައި ނޫސްވެރިންނަށް އަންގާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: