ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ބޯޓެއް ދިޔަވެ، އަޑިއަށް ދާން ފެށުމުން ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފި

ފުލިދޫ ކައިިރިއަށް އަޑިއަށް ދިޔަ ޖަޒީރާ ބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޅިގަނޑެއްގައި ޖެހި، ތިނަދޫ ސިޓީގެ މުދާ އުފުލާ ބޯޓެއް ވ. ފުލިދޫ ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ ”ޖަޒީރާ“ ނަމަކަށް ކިޔާ ބޯޓެއް، ވ. ފުލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާކަމުގެ މައުލޫމާތު އިއްޔެ ހަވީރު 15:26 ލިބުނު ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި އެ ބޯޓު ދިޔަވެ، އަޑިއަށް ދާން ފެށީ ފުލިދޫއާ ފަސް ނޯޓިކަލް މޭލު ބޭރުންނެވެ.

ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި އެންމެން ވެސް ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފުލިދީއަށް ގެންގޮސްފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި 3 ދިވެހި ފިރިހެނުންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރު ދަނީ ކުރަމުންނެވެ. އަދި ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

މީގެ އިތުރުން ވެސް އިއްޔެ ނުރައްކާތެރި ކަނޑުމަތީގެ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ކަނޑުމަތީގައި އެކްސިޑެންޓުވެފައިވާއިރު އެ ހާާދިސާއާ ގުޅިގެން ފަސް މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: