ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ޑެންގީ ފެތުރޭތީ ރަށުތެރެ ސާފުކުރަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ޑެންގީ ފެތުރެމުން އަންނާތީ ރަށުތެރެ ސާފުކުރަން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވިދާޅުވީ، މި ދުވަސްވަރު އައްޑޫގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުން އިތުރުވަމުން އަންނާތީ، މަދިރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާއި ބެހޭ ފަރާތްތަކުން އަންގަމުންދާ ކަމަަށެވެ.

އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެންމެހާ ފަރާތްތަކަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ސާފުކޮށް ގެއާއި ގޯތިތަކުގައި ދިގުކޮށް ހެދިފައި ހުރި ވިނަތަކާއި މަގުތަކަށާއި ގެއާއި އިންވެގެން ހުންނަ ގޭގެއަށް ދަތިވާ ގޮތަށް ހުރި ގަސްތައް ކޮށައި ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ވަނީ އަންގާފައެވެ. މިއީ މަދިރި އާލާވުން ހުއްޓުވައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ޑެންގީ ހުމާއި ބޭރަށް ހިނގުމާއި ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ޖެހޭ މީހުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ނިމިދިޔަ މަހުވެސް ވަނީ ހާމަކޮށްފައެވެ.

އެގޮތުން، އެ އެޖެންސީން ނެރުނު މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ އިތުރުވެފައެވެ.

ޑެންގީ ހުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު މި އަހަރުގެ އޭޕްރިލް މަހު 648 ކޭސް ރިޕޯޓްކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރިޕޯޓުކުރީ އެ ބަލީގެ 153 ކޭސްއެވެ. މެއި މަހު ޑެންގީ ހުން ޖެހިގެން 778 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރީ 173 ކޭސްއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައިވެސް ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: