ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެގެން ފަރުވާދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކުރިއަށްދިޔަ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވެ، ހާލު ދެރަވި ބައެއް ކުދިންނަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކެޑޭޓް ކޭމްޕުގެ ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އެޗްއާރުސީއެމުން ވަނީ، މި ހާދިސާ ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙްޤީޤު ކުރުމަށް ގޮވާލާފައެވެ. އަދި މިފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ގޮތަށް އިންތިޒާމުތައް ބައްޓަންކޮށް، ކަންކަން ބަލަހައްޓަމުން ގެންދިއުމަށް ކަމާބެހޭ އެންމެހައި އިދާރާތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މި ހާދިސާގައި ހާލު ދެރަވެގެން ފަރުވާ ހޯދަމުންދާ އެންމެހާ ދަރިވަރުންނަށާއި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އެޗްއާރުސީއެމް އިން މިހެން ބުނެފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އަދި ފަރުވާ ދެމުންދާ ކުދިންގެ އަދަދާ ގުޅޭގޮތުން ކަމާބެހޭ އެހެން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ތަފްސީލީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: