ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ފުރަތަމަ ފަހަރަށް ތުއްތު ކުދިންނަށް ހާއްސަ ބެލޭ ސްޓޫޑިއޯ ”ލިޓްލް ޓޫޓޫސް“ ހުޅުވައިފި

މާލޭގައި ފުރަތަމަ ފަހަރަށް ތުއްތު ކުދިންނަށް ހާއްސަ ބެލޭ ސްޓޫޑިއޯ "ލިޓްލް ޓޫޓޫސް" ހުޅުވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތުއްތު އަންހެން ކުދިންނަށް ހާއްސަ، ބެލޭ ދަސްކޮށްދިނުމަށް ސްޓޫޑިއޯއެއް ”ލިޓްލް ޓޫޓޫސް“ ގެ ނަމުގައި މާލޭގައި ހުޅުވައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނަކަށް ހާއްސަކޮށްގެން ހުޅުވުނު ފުރަތަމަ ސްޓޫޑިއޯއެވެ.

މި ސްޓޫޑިއޯ ރަސްމީކޮށް ހުޅުވުމުގެ ހަފްލާ އިއްޔެ ބާއްވާފައިވާއިރު، އެ ސްޓޫޑިއޯގައި ރަޖިސްޓްރީކޮށްފައިވާ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ސްޓޫޑިއޯއަށް ޒިޔާރަތްކޮށް، އެތަން ބަލާ އިންސްޓްރަކްޓަރާއުކު މައުލޫމާތު ބަދަލުކޮށް ވަގުތުހޭދަކޮށްފައެވެ. އަދި މިއަދުން ފެށިގެން އޮގަސްޓް 1 ގެ ނިޔަލަށް ސްޓޫޑިއޯގައި އިންސްޓްރަކްޓަރާއެކު ”އިންޓްރޯ ކްލާސް“ ތައް ކުރިއަށްދާނެކަމަށް ސްޓޫޑިއޯ އިން މައުލޫމާތުދެއެވެ.

ލިޓްލް ޓޫޓޫސްގެ މެނޭޖްމަންޓުން ވިދާޅުވީ މިފަދަ ސްޓޫޑިއޯއެއް މާލޭގައި ހުޅުވީ ހެދިބޮޑުވަމުން އަންނަ ކުދިންނަށް އެކުދިންގެ ހަށިގަނޑުގެ ބެލެންސް ހިފަހައްޓާ ސިކުނޑީގެ ފޯކަސް ރަނގަޅުކޮށްދިނުމާއެކު އަދަބުވެރިކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދަސްކޮށްދިނުމުގެ މަގްސަދުގައިކަމަށެވެ.

”އަޅުގަނޑުމެން މި ސްޓޫޑިއޯ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތުއްތު އަންހެން ކުދިންނާއި ފުރާވަރަށްއަޅާ ކުދިން، އެކުދިންގެ ހަށިގަނޑާއި ސިކުނޑި ހެދިބޮޑުވުމުގެ ކުރީކޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ހުނަރެއް ދަސްކުރުމުގެ ފުރުސަތު ހޯދައިދިނުން.

ހަމަ މިއާއެކު ތުއްތު އުމުރުގައި ބެލޭ ދަސްކުރަން ފެށުމަކީ ކުދިންގެ ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމާއި، ފްލެކްސިބިލިޓީ ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެއް. މީގެ އިތުރުން މިއީ ކުދިންގެ ސިކުނޑީގެ ފޯކަސް ރަނގަޅުކޮށްދީ، އަދަބުވެރިކަމާއި  އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އާދަޔާ ހިލާފަށް ބޮޑުކޮށްދޭ ފަންނެއް. އަޅުގަނޑުމެން ބޭނުންވީ މަންމައިންނާއި އަންހެން ކުދިންނަށް އެކުވެރި ސޭފް މާހައުލެއްގައި މި ހުރިހާ ފައިދާތަކެއް ލިއްބައިދޭނެ ފަދަ ޖާގައެއް ތަނަވަސްކުރުން. އެއީ ލިޓްލް ޓޫޓޫސް އަކީ“

20 އަހަރުގެ ތަޖުރިބާކާރު، ބައިނަލްއަގުވާމީ ފެންވަރުގެ އިންސްޓްރަކްޓަރެއް!

”ލިޓްލް ޓޫޓޫސް“ ގެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގެ ވަރަށް ތަޖުރިބާކާރު ބެލޭ ޓީޗަރެއްގެ އިރުޝާދުގެ ދަށުންނެވެ. މި ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ މި ޓީޗަރަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކްލާސިކަލް ބެލޭ މެތަޑް ކަމަށްވާ ”ވެގަނޯވާ މެތަޑް“ އިން ސެޓިފައިޑް ޓީޗަރެކެވެ.

މި ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދޭނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ”އޮސްޓްރޭލިއަން ކޮންސަވަޓްވަރީ އޮފް ބެލޭ ގެ ތަމްރީނު މެތަޑްތަކަށް ބަލައިގެންކަމަށް ލިޓްލް ޓޫޓޫސް ސްޓޫޑިއޯއިން މައުލޫމާތުދެއެވެ.

ކްލާސްތައް ކުރިއަށްދާނެ އުމުރުފުރާތައް

”ލިޓްލް ޓޫޓޫސް“ ގެ ކްލާސްތައް ފަރުމާކުރެވިފައިވަނީ ކުދިންގެ އުމުރާއި ހުނަރަށް ބަލައި، ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ:

  •  4އަހަރުން ދަށުގެ ކުދިން: މިއީ ކުދިންގެ ހަށިގަނޑުގެ ހަރަކާތްތައް ތަރައްގީކޮށް، ބެލޭގެ އަސާސްތަކަށް އަހުލުވެރިކުރުވާ މަރުހަލާއެކެވެ. މި އުމުރުފުރާގެ ކްލާސްތައް ކުރިއަށްދާއިރު، ކުދިންނަށް ހިތްވަރުދީ އެހީތެރިވުމަށްޓަކައި ބެލެނިވެރިންނަށް ކްލާސްރޫމް އެތެރޭގައި ތިބުމުގެ ފުރުސަތު ލިޓްލް ޓޫޓޫސްއިންވަނީ ފަހިކޮށްދީފައެވެ.
  •  4އަހަރާއި 6 އަހަރާ ދެމެދުގެ ކުދިން: މި ބައިގައި ބެލޭގެ އަސާސީ ހަރަކާތްތަކާއި ބެލެންސް ހިފަހައްޓާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.
  •  7އަހަރާއި 9 އަހަރާ ދެމެދުގެ ކުދިން: ކުދިންގެ ފްލެކްސިބިލިޓީ އިތުރުކޮށް، ބެލޭގެ ވަކިވަކި އުކުޅުތައް މި މަރުހަލާގައި ދަސްކޮށްދޭނެއެވެ.
  •  10އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން: މި އުމުރުފުރާގެ ކުދިންނަށް ބެލޭގެ ރަސްމީ ހުނަރުތައް އިތުރަށް ފުންކޮށް އަދި ކުރިއެރުންތަކާއެކު ދަސްކޮށްދެވޭނެއެވެ.

ކޮންމެ ލެވެލްއެއް ފުރިހަމަކޮށް ނިމުމުން، ކުދިން ދަސްކުރި ހުނަރުތައް ދައްކާލުމަށްޓަކައި ހާއްސަ ރިސައިޓަލް (ސްޓޭޖް ޝޯ) އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަން ނޯޓުކުރުމާއި ރަޖިސްޓްރޭޝަން

މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް މިހާރު ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކްލާސްތަކުގައި ބައިވެރިވުމަށްޓަކައި ލިޓްލްޓޫޓޫސްގެ ހޮޓްލައިން 7466466 މެދުވެރިކޮށް ނަން ނޯޓް ކުރެވޭނެއެވެ. އަދި ލިޓްލްޓޫޓޫސްއެމްވީ ރަސްމީ އިންޓަގްރާމް އަދި އެހެން ސޯޝަލްމީޑިއާ މަންސަތަކުންވެސް ރެޖިސްޓްރޭޝަން ކުރިއަށް ގެންދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: