ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1,628 ފަތުރުވެރިންނާއެކު ރާއްޖެއައި ކްރޫޒްލައިނާއަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

އެމްއެސް ކޯޑެލިއާ އެމްޕްރެސް: ފޮޓޯ/ މޯލްޑިވްސް އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެ އައި ފަތުރުވެރި ކްރޫޒް ލައިނަރެއް ކަމަށްވާ ”އެމްއެސް ކޯޑެލިއާ އެމްޕްރެސް“ އިން ދަތުރުކުރި 1,628 ފަސިންޖަރުންނާއި 588 ފަޅުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު މާލެ ބަނދަރުކުރި މި ބޯޓުން އައި ޖުމްލަ 2,216 މީހުންނަށް އެން-ރޫޓް ކްލިއަރެންސް ފޯރުކޮށްދީފައިވަނީ އެ އިދާރާގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުންނެވެ.

މިއީ ކަނޑުމަގުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވީހާވެސް އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތެކެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށުނު ފަހުން ރާއްޖެ އައި ފުރަތަމަ ކްރޫޒް ލައިނަރެވެ. އަދި މިއީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޯޑެލިއާ ކްރޫޒް ލައިނާ ރާއްޖެއަށް ބަނދަރުކުރި ދެވަނަ ފަހަރުވެސް މެއެވެ.

މި ދަތުރުގައި ބޯޓުން އައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ މާލެ ފައިބައި، ވެރިރަށުގެ ތާރީޚީ ތަންތަނާއި ލޯކަލް މާރުކޭޓު ފަދަ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މިފަދަ ބޮޑެތި ކްރޫޒް ލައިނަރުތައް ރާއްޖެ އައުމަކީ މާލެ ސަރަޙައްދުގެ ވިޔަފާރިތަކަށާއި، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާ ކަމެކެވެ.

މާޔާގެ ތާވަލުތައް ދައްކާގޮތުން، ކުރިއަށް އޮތް ކްރޫޒް ސީޒަންގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 34 ކްރޫޒް ލައިނަރެއް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ”އެމްއެސް ކޯޑެލިއާ އެމްޕްރެސް“ އަކީ އިންޑިއާގެ މުހިންމު ބަނދަރުތައް ކަމަށްވާ ކޮޗިން، ޗެންނާއީ އަދި ވިޝާކަޕަޓްނަމް އާއި ރާއްޖޭގެ މާލެ އަދި ކުޅުދުއްފުށީގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި ލަކްޝަދީޕާ ދެމެދު ދަތުރުތައް ބާއްވަމުން އަންނަ އުޅަނދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: