ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިއަލް އެސްޓޭޓް ބިލުގެ ކޮމިޓީ ބައްދަލުވުމަށް އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދާއި ފައްޔާޒް!

އެމްޑީޕީގެ ޗެއާޕާސަން، ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް މަޝްވަރާ ކުރުމަށް ދިން ފުރުސަތު ގަބޫލުކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓިއަށް ހާޒިރުވާނެކަމަށް އެމްޑީޕީން އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް އެމްޑީޕީގެ ސެކޭޓްރީ ޖެނެރަލް ޝާޒް އަލީ ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނީ ބިލުގެ މަޝްވަރާއާއި ހިޔާލު ދިނުމަށް ހާޒިރުވާނީ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އާންމުންނާއި ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 2 ޑިސެމްބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި މި ބިލު މިހާރު ދިރާސާކުރަމުންދަނީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ.

އާންމު ރައްޔިތުންނަށް 2 ޑިސެމްބަރުގެ ކުރިން ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާއިރު، ބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ވެސް މި ތާރީހަށް ހުށަހެޅުމުން، ކޮމިޓީއަށް ހާޒިރުވެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދޭން ކޮމިޓީން ވަނީ ނިންމާފައެވެ.

ބިލުގެ މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ފަދަ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ނިންމާފައެވެ.

މި ބިލުގެ ދިރާސާ މަސައްކަތް 7 ޑިސެމްބަރު 2026 ގެ ކުރިން ނިންމުމަށް ކޮމިޓީން ވަނީ ތާވަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: