ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއުގެ މަރުގެ މައްސަލަ: ޓެކްނިކަލް މައްސަލައެއް ދިމާވެ ސާހިލްގެ ހުލާސާ ބަަޔާން ހުށަނޭޅުނު

ޝިއާއުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ސާހިލް --- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުރިއަށް ދާ ޝަރީއަތުގަައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދައުލަތުން ދައުވާކުރާ އަލީ ސާހިލްގެ ހުލާސާ ބަޔާން މެދުކަނޑާލަން ޖެހިއްޖެއެވެ.

ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި އުމުރުން 22 އަހަރުގެ ޝިއާއު ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގައެވެ. އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ފ. ނިލަންދޫ، ފިނިފެންމާގޭ، ސާހިލް، ހައްޔަރުކުރި އޭނާގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހިމެނެއެވެ.

މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ، ލިބިފައި ހުރި ހުރިހާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ގަބޫލުކުރާ ސަބަބުތައް ތަފްސީލުކޮށް ބަޔާންކޮށް ހުލާސާ ބަޔާން އިއްވައިފައެވެ.

ނަމަވެސް، ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދާ ސާހިލްގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުންދިޔަ ވަގުތު ކްރިމިނަލް ކޯޓުގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އޭނާގެ ހުލާސާ ބަޔާން މެދުކެނޑުނެވެ. އެ މައްސަލަ ހައްލުނުވުމުން، އެ އަޑުއެހުން އެ ހިސާބުން ނިންމާލުމަށްފަހު އެހެން ދުވަހަކު ސާހިލްގެ ހުލާސާ ބަޔާން ތާވަލުކުރަން ވަނީ ނިންމައިފައެވެ.

ޝަރީއަތްތަކުގައި ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރަނީ ހުލާސާ ބަޔާން އިއްވައި ނިމޭތާ 30 ދުވަހުގެ ތެރޭގައެވެ. އެއީ ޝަރީއަތަށް ހުށަހެޅުނު ހެކިތަކާއި ގާނޫނީ ނުކުތާތަކަށް ރިއާޔަތްކޮށް، ގާޒީއަށް އެންމެ އިންސާފުވެރި ހުކުމެއް އިއްވަން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ދޭ މުއްދަތެވެ.

ޝިއާއު މަރާލި މައްސަލައިގައި ސާހިލް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ. އެ ދައުވާތައް ސާބިތުވެ، ސާހިލްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރިލް 14 ވަނަ ދުވަހު ވަނީ އިއްވައިފައެވެ.

އެހެންކަމުން، މިހާރު ސާހިލްގެ މައްޗަށް ހިންގަނީ ސިއްރު ދެ ދައުވާއަކާއި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތެވެ. މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ އަޑުއެހުންތައް ސިއްރުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: