ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން މިއާގެ މަރު: ލަންކާ ޑްރައިވަރުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

މަރުވެފައި އޮއްވާ ފެނުނު އަމީން މިއާ، 24
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގެ ވެމްކޯ ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ އެކްސްކެވޭޓަރު ޑްރައިވަރުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 26ވަނަ ދުވަހު ބަންގްލަދޭޝަނަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް ޖެނުއަރީ 28 ވަނަ ދުވަހު އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ތިލަފުށީގައި ޖަމާކޮށްފައި ހުރި ކުނިތަކެއް އެކްސްކެވޭޓަރު ބޭނުންކޮށްގެން ނަގަމުން ދަނިކޮށް އެ ކުނިތަކުގެ ތެރެއިންނެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ނަމަކަށް ކިޔާ މީހެކެވެ.

މި މައްސަލައިގެ ތަހުގީގަށް އޭނާ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓިއެވެ. އަދި ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށް އެދިއެވެ.

ޕީޖީ އޮފީހުގެ މީޑީއާ އޮފިޝަލު ”ސަންގަށް“ ވިދާޅުވީ، ތަހުގީގުގެ ހޯދުންތަކަށް ބަލާއިރު އެ މައްސަލައިގައި ލަންކާގެ ޑްރައިވަރުގެ ނުރަނގަޅު ނިޔަތެއް ވެސް އިހުމާލެއް ވެސް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ދެމީހުންގެ ދެމެދުގައި އަދާވާތްތެރިކަމެއް އޮތް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ. އެހެންކަމުން، އޭނާގެ މައްޗަށް ދައުވާނުކުރަން ނިންމީ މިދިޔަ އޭޕްރިލް 15 ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.

އެގޮތުން ހާދިސާ ހިނގައިދިޔަ ސީން އަލުން ތަމްސީލުކޮށް ކުޅެ، އިތުރަށް ބެލިއިރު ވެސް ބިދޭސީ މީހާ ހުރި ތަނުގައި އޭނާ ހުއްޓާ ޑްރައިވަރަށް އޭނާ ނުފެންނާނެކަން ހާމަވި ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި އޭނާ ހުރީ ވެސް އެކްސްކެވޭޓަރާ ދުރުގައި ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ބިދޭސީ މީހާ އަކީ އޭނާގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު އެތަނުގައި އެ ވަގުތު ހުންނަން ޖެހޭ މީހެއް ނޫން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އަދި މަސައްކަތް ކުރިއަށްދާއިރު، އެތަނުގައި ތިބެން ނުޖެހޭ ބަޔަކު ނުތިބުމަށާއި، އެތަނުން ކުނިތަކުގެ މައްޗަށް ނޭރުމަށާއި ނުހޮވުމަށް ތިލަފުއްޓާއި ވެމްކޯގެ ކަމާބެހޭ ފަރާތްތަކުން ވެސް މުވައްޒަފުންނަށް ކުރިން އޮތީ އަންގާފައި ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލު ވިދާޅުވިއެވެ.

އަމީން މިއާ މަރުވީ އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ކުނިތަކުގެ ތެރެއަށް ވެއްޓި، ކުނިތަކުގެ ތެރޭގައި އޭނާ ވަޅުލެވުމުންނެވެ. އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ދިޔަ މަންޒަރު ފުލުހުންނަށް ލިބުނު ސީސީޓީވީ ފޫޓޭޖުތަކުން ފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: