ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ސާފުތާހިރުކަމެއް ނެތި، ދަތިހާލުގައި ތިބި ބިދޭސީން ދިރިއުޅެން އެކަށޭނެ ތަންތަނަށް!

ބިދޭސީން ގާނޫނަށް ފެއްތުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތި ހާލުގައި ސާފުތާހިރު ކަމެއް ނެތް ތަންތަނުގައި ދިރިއުޅެމުން އަންނަ ބިދޭސީން އެއަށްވުރެ ރަނގަޅު، ދިރިއުޅެން އެކަށޭނެ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން، ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަނީ ބާރު އަޅަމުންނެވެ. ވެރިރަށް، މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށް ވާއިރު ގިނަ އަދަދެއްގެ ބިދޭސީންނެއް ވެސް މި ސަރަހައްދުގައި އަންނަނީ ދިރިއުޅެމުންނެވެ. އެ މީހުންގެ ދިރިއުޅުމުގެ އިންތިޒާމްތައް ހުރީ، އިންސާނުން ދިރިއުޅެން އެންމެ އެކަށޭނެ ހާލަތުގައެއް ނޫނެވެ. އެތައް ބަޔަކު، އެއް ކޮަޓަރިއެއް އެއް ފާހަނާއެއް ބޭނުން ކުރެއެވެ.

ވައިރަހާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ބިދޭސީން ދިރިއިޅޭތަނުގެ ހާލަތުތައް ވަނީ ބެލިފައެވެ. ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށެވެ. އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ބެލި، ބައެއް މީހުން ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިޔަށް ދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން 2500 އެއްހާ ބިދޭސީން މިހާރަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލު ކުރެވޭނެކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފައްޔާޒް ވިދާޅުވީ އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވެފައި ތިބި 837 ބިދޭސީއަކު އެބަތިބި ކަމަށެވެ. އަދި އެ މީހުން ސަރުކާރުގައި އެދިފައިވާގޮތަށް އެނބުރި ގައުމަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އުންދަގޫކަމެއް ކަމަށާއި، އަދި އޭނާ ވަނީ އެކަން ހައްލު ކުރާނެކަމަށް ރައްޔިތުންނަށް ވައުދުވެފައިކަމަށް ފައްޔާޒް ވިދާޅުވިއެވެ. މަސައްކަތް ކުރަމުންދަނީ އަވަސް ހައްލެއް ހޯދުމަށްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ބަންގްލަދޭޝްއިން މީހުން އެތެރެކުރުން ހުއްޓާލުމާއި އެކު އޭގެ އަސަރު ފެންނަން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ރާއްޖެއަށް މަހެއްގެ މައްޗަށް ތިން ހާހުން، ނުވަތަ ފަސް ހާހުން ބަންގްލަދޭޝްއިން މީހުން އެތެރެވަމުން ދިޔައިރު ރައްޖޭގެ ސަރުކާރުގެ ނިންމުމަށްފަހު ރާއްޖެއަށް އައިސްފައިވަނީ 1،362 އަންސްކިލްޑް ބަންގްލަދޭޝް މީހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން އައި ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި 40،000 މީހުން ރެޖިސްޓްރީ ވި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި، އެ މީހަކީ ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ނެތް މީހުންނާއި، ޕާސްޕޯޓުވެސް ނެތް މީހުން ހިމެނޭ ކަމަށެވެ.

”މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މޮރެޓޯރިއަމް ނެރުނު ފަހުން ބަންގްލަދޭޝްއިން ރާއްޖެއަށް އަލަށް އައިސްފައިވަނީ އަންސްކިލްޑް ކެޓަގަރީގެ 1،362 މީހުން. އަދި ޕްރޮފެޝަނަލް ކެޓަގަރީގެ 38 މީހުން. މި ކެޓަގަރީއަކީ އަޅުގަނޑުމެން މޮރެޓޯރިއަމް އިޝޫކުރި ދާއިރާއެއް ނޫން. ބިދޭސީން އައުން މަނާކުރީ އަންސްކިލްޑް ކެޓަގަރީއިން. 1362 މީހުން އިތުރުވީ. އޭރު މިއީ މަހެއްގެ މައްޗަށް ތިން ހާހާއި، ފަސް ހާހުން ހުރި އަދަދުތަކެއް. ސެޕްޓެމްބަރު ގެ ފަހުން އަޅުގަނޑުމެން އަލަކަށް އިޝޫއެއް ނުކުރަން. އެހެންނަމަވެސް، މިއީ އެދުވަހާއި ހަމައަށް އެޕްލައިކުރި ފަރާތްތައް.“ ފައްޔާޒް

ލިޔެކިޔުން ނެތް މީހުންގެ ލިޔެކިޔުން ހެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ފައްޔާޒް ވިދަޅުވި ގޮތުގައި އެއީ ފަސޭހަ ކަމެއް ނޫނެވެ. އެގޮތުން މި މަސައްކަތަށް އެންމެ މަދުވެގެންވެސް ފަސް މަސް ނަގާކަމަށް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، ޕާސްޕޯޓު އޮވެ، ލިޔެކިޔުންވެސް ހަމަ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވީ 130 މީހުން ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ލޮކްޑައުންކޮށް ކާފިއު ހިންގާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ވެސް ހިމެނެއެވެ. ބަންގްލަދޭޝްއަށް އެ ގައުމުގެ މީހުންވެސް މިވަގުތަށް އެތެރެކުރުން ވަނީ ހުއްޓާލާފައެވެ. މި ދަތިތައް ހުރި ނަމަވެސް، ފައްޔާޒް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެދުވެރިވެގެން ބަންގްލަދޭޝްގެ ސަރުކާރައި މަޝްވަރާކޮށް އެ މީހުން ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

”837 މީހުން އެބައޮތް އަމިއްލައަށް ދާން އެދިފަ، އެމީހުން ފޮނުވާލުމުގައި މަސައްކަތް ކުރިއަށް ގެންދަނިކޮށް އަޅުގަނޑުމެންގެ އިއުލާނާއި ގުޅިގެން ދެތިން ދުވަސް ފަހުން ބަނގްލަދޭޝްގެ ސަރުކާރުން ވަނީ ސިވިލް އޭވިއޭޝަނަށް އަންގާފަ ރާއްޖެއަށް އެއްވެސް މީހަކަށެއް ބަނގްލަދޭޝްއަކަށް ނުދެވޭނެ އޭ. އެހެންވީމާ އެއޮތީ މިވަގުތު މަޑުޖެހިފައި“ ފައްޔާޒް

ގަވައިދާ ޚިލާފަ ރާއްޖޭގައި މިޙާރު 3 ލައްކައެއްހާ ބިދޭސީން އުޅޭކަމަށް މައުލޫމަތުލިބެއެވެ. އެ ބިދޭސީން ހޯދާ ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަކީ މިނިސްޓަރ ފައްޔާޒުގެ ވައުދެކެވެ. އެވައުދު އަހަރެއް ތެރޭގައި ނުފުއްދިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗެލެންޖުކޮށްފައެވެ.

ރައްޖޭގައި ދެ ލައްކައެއް ހާ ބިދޭސީން އުޅެމުންދާއިރު އޭގެ ތެރޭގައި ގިނައީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ. އަދި އެ މީހުން އެތެރެވާއިރު އެއްވެސް ބައްޔެއް ހުރިތޯ ދެނެގަތުމުގެ ރަނގަޅު މެކޭނިޒަމްއެއް ނެތުމަކީ ގިނަ ބަައެއްގެ ކަންބޮޑުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: