ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑުގެ މައްސަލައިގައި އަނެއްކާވެސް ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވުމެއް: ފައިސަލް

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮންޑު މުއާމަލާތުގެ މައްސަލައިގައި އަނެއްކާވެސް ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން މީގެ ކުރިން ވެސް އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން އަނެއްކާ ވެސް އިސްތިއުފާ ދެއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ މިއީ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ މުއަމަލާތް ކުރިއަށް ގެންދަން ކުރާ މަސައްކަތާމެދު މާލީ ދާއިރާގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ވަގުތެއް ކަމަށެވެ. އަދި ސަރުކާރުން މިކަމާ މެދު ފުންކޮށް ވިސްނާލާ، އިނދަ ޖެހެމުންދާ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ޓަކައި، ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދުވަހެއް ދުވަހަކަށް ޤައުމުގެ އިޤްތިޞާދީ ޙާލަތު ގޯސްވަމުންދާއިރު، 2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުން ޑޮލަރުގެ އަގު މިހާރަށް ވުރެ ވެސް މަތިވެ، މުދަލުގެ އަގު އިންތިހާ އަށް އުފުލި، އާންމު ރައްޔިތުންނަށް އެތައް ތަކުލީފެއް ދިމާވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވަނީ މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ވިސްނުންތެރިކަމާއި ހަމަ ބުއްދި އިސްކުރައްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: