ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯފެނަށްޖެހިގެން 48 ރަށުން ، އެހީތެރިކަމަށް އެދިފައިވޭ: އެންވަޔަރަމަންޓް މިނިސްޓްރީ

ދ.މީދުއަށް ބޯފެން ފޯރުކޮށްދިނުމުގެތެރެއިން. ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯފެނަށްޖެހިގެން 48 ރަށުން، އެހީތެރިކަމަށް އެދިފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ބުނެފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ހޯމަދުވަހު ބުނީ، ފެން ހުސްވެގެން، ވޭތުވެދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް 48 ރަށަކުން އެ މިނިސްޓްރީއަށް ރިޕޯރޓުކޮށްފައިވާކަމަށާއި، އޭގެތެރެއިން 30 ރަށަކަށް މިހަރު ފެންފޯރުކޮށްދީފައިވާކަމަށެވެ.

މި ގޮތުން، ފެނަށް ދަތިވެ އެހީއަށް އެދިފައިވަނީ، ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ.އަތޮޅާއި، ނ.އަތޮޅާއި، ރ.އަތޮޅާއި، ބ.އަތޮޅާއި، ޅ.އަތޮޅާއި، އއ.އަތޮޅާއި، އދ.އަތޮޅާއި، ތ.އަތޮޅާއި، ލ.އަތޮޅުގެ އިތުރުން، ގދ.އަތޮޅުގެ ބައެއް ރަށްތަކުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފެނަށްޖެހޭ ރަށްރަށަށް ފެންފޯރުކޮށްދެމުން އަންނަނީ، އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށެވެ. މި ގޮތުން މިހާތަނަށް 1،529 ޓަނުގެ އެ ރަށްރަށަށް ފޯރުކޮށްދީފައިވާކަމަށް އެންވަރަޔަމަންޓް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން، އެންވަރަޔަމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވީ، ފެނަށްޖެހިގެން ނޮޓިފައިކުރާ ޚާއްސަ ރަށްތަކެއް ހިމެނޭކަމަށެވެ.

މީގެ އިތުރުން ޑރ.ޙުސައިން ރަޝީދު ވިދާޅުވީ، މި ކަމަކީ، ހޫނު މޫސުމާއި ގުޅިގެން ޢާންމުކޮށް ދިމާވަމުން އަންނަ މައްސަލައެއްކަމަށާއި، ރާއްޖޭގެ ހުރިހައި ރަށެއްގައި ޕޯޓަބަލް ވޯޓަރއެއް ނުހުންނަކަމަށެވެ. މި ގޮތުން، ވާރޭވެހޭ މޫސުމުގައި ފެން ރައްކާނުކުރެވިއްޖެނަމަ، ފެނަށްޖެހުން ވަރަށް އެކަށީގެންވާކަމަށް ވެސް ޑރ.ޙުސައިން ރަޝިދު ޙަސަންވަނީ ވިދާޅުވެފައެވެ.

https://twitter.com/MoEnvmv/status/1249254272715214848?s=20https://twitter.com/MoEnvmv/status/1249253880119975936?s=20

މިނިސްޓަރު ޑރ.ޙަސަން ޙަމީދު ވިދާޅުވީ، ފެނަށްޖެހޭ ރަށްރަށަށް ފެންފޯރުކޮށްދިނުމަކީ، ކުރިންވެސް ހިނގަމުން އަންނަ ޕްރޮގުރާމެއްކަމަށާއި، ފެނަށް ދަތިވުމުން އެ ރަށްރަށުގެ ކައުންސިލުން، އެ މިނިސްޓްރީއަށް ރިޕޯރޓުކުރުމާއެކު، އެ ސަރަހައްދުތަކަށް ފެންފޯރުކޮށްދިނުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ.

މި ގޮތުން، އެ މިނިސްޓްރީން މި މަހު ފެން ފޯރުކޮށްދިން ބައެއް ރަށްތަކުގެތެރޭގައި، ތ.ގާދިށްފުށްޓަށާއި، ދ.މީދޫއަށާއި، ށ.ފޯކައިދުއަށާއި، ހއ.މުރައިދުއަށާއި، ޅ.ނައިފަރު ހިމެނެއެވެ. 

https://twitter.com/MoEnvmv/status/1247843149226995713?s=20https://twitter.com/MoEnvmv/status/1247840144939290624?s=20

މީގެ އިތުރުން އެ މިނިސްޓްރީންދަނީ، ވާރޭފެންނަގައި ރައްކާކޮށް ފޯރުކޮށްދިނުމުގެ ނިޒާމު ރަށްރަށުގައި ޤާއިމްކުރަމުންނެވެ. ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓްގެ ނަމުގައި ކުރިއަށްދާ، މި ޕްރޮޖެކްޓުގައި މ.ނާލާފުށްޓާއި، މ.ރަތްމަންދުއާއި، މ،ވޭވަށާއި، ތ.ގާދިށްފުށްޓާއި، ތ.ކަނޑޫދުއާއި، ތ.ކިނބިދުއާއި، ތ.އޮމަދުއާއި، ތ.ވަންދުއާއި، ތ.ދިޔަމިގިލީގައި، ވާރޭފެންނަގައި ރައްކާކޮށް ފޯރުކޮށްދިނުމުގެ ނިޒާމުގެ ޤާއިމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: