ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޝިއަން ބޭންކާސް ކޮންފަރެންސް ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، މި އަހަރުގެ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައި، ބީއެމްއެލްއިން އެކަން އިއުލާނުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ތިންވަނަ ދުވަހުގެ ނިޔަލަށް، ނިވަ ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ. އެ ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ގައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއާ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުން ބައިވެރިވާނެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ބޭންކިން އާއި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އައު ފުރުސަތުތަކުގެ އިތުރުން މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.

މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލްއިން ވަނީ މި ކޮންފަރެންސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވާފައެވެ. ބީއެމްއެލްއިން ވަނީ، ދެވަނަ ފަހަރަށް މި ފުރުސަތު އެ ބެންކަށް ލިބުމަކީ އޭޝިއާގެ ބޭންކިން ދާއިރާގައި އެ ބޭންކުގެ އިތުބާރާއި ލީޑަޝިޕް ވަރުގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް ބުނެފައެވެ.

ރާއްޖޭގައި މި ކޮންފަރެންސް ބީއެމްއެލްއިން ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި އޭބީއޭގެ 41 ވަނަ ކޮންފަރެންސްގައެވެ. އެ ބައްދަލުވުމުގެ ތެރެއިން ބީއެމްއެލްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ، އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އައްޔަންކުރުންކަން ބެންކުން ފާހަގަކޮށްފައިވެއެވެ.

އެ ކޮންފަރެންސްގައި ބައިވެރިވުމަށް ޓަކައި ރެޖިސްޓްރޭޝަންއަށް މިހާރު ވަނީ ހުޅުވައިލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: