ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ހަފްތާގައި ސްކޭމްގެ 33 މައްސަލަ، 180،000 އަށް ވުރެ ގިނަ ފައިސާ ގެއްލިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ ތެރޭގައި މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ނުވަތަ ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި ޖުމްލަ 184,235 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގެއްލުނު ފައިސާގެ ތެރެއިން 72,073 ރުފިޔާ ފުލުހުން ކުރި މަސައްކަތުން މިހާރު ވަނީ އަނބުރާ ހޯދިފައެވެ. ނަމަވެސް ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ އާންމުން މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މަކަރާއި ހީލަތުގެ މައްސަލަތަކެވެ. އެގޮތުން އޮންލައިން ވިޔަފާރީގެ ޖުމްލަ 16 މައްސަލައެއް މިދިޔަ ހަފްތާގައި ވަނީ ހުށަހަޅާފައެވެ. ފުލުހުން ނަސޭހަތްތެރިވަނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، މުދާ ލިބުމުގެ ކުރިން ފައިސާ ނުފޮނުވުމަށެވެ.

މީގެ އިތުރުން، މިދުވަސްވަރު ’ބުކިންގ ކެންސަލް ރިފަންޑް‘ ސްކޭމްތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާތީ، އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. މިއީ ބުކިންގްތައް ކެންސަލްކޮށް ފައިސާ އަނބުރާ ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ ޖަރީމާތަކެކެވެ.

ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން ހިންގާ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ދިނުމުގެ ކުރިން ނުވަތަ މުދާ ދޫކުރުމުގެ ކުރިން އަމިއްލަ އެކައުންޓަށް ފައިސާ ވަދެފައިވާކަން ޔަގީންކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: